އުރީދޫގެ އިތުރު ޑޭޓާ މި މަހުގެ ނިޔަލަށް ލިބޭނެ

ކޮވިޑް-19 އާ ގުޅިގެން އުރީދޫގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ކަސްޓަމަރުންނަށް މި މަހުގެ ނިޔަލަށް އިތުރު ޑޭޓާ ލިބިގެން ދާނެ ކަމަށް ބުނެފި އެވެ.

އުރީދޫން ބުނީ ކުންފުނިތަކުގެ މަސައްކަތާއި، ދަރިވަރުންގެ ފިލާވަޅުތަކާއި އެކަކު އަނެކާ ދެމެދު ކުރާ މުއާމަލާތްތައް ވެސް މުޅިން އިންޓަނެޓް މެދުވެރިކޮށް ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ދުނިޔެއަށް އައިސްފައިވާ މި ބޮޑު ބަދަލާ ގުޅިގެން، އުރީދޫގެ ކަސްޓަމަރުންނަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، އިތުރު ޑޭޓާ އާއި ހާއްސަ ޕޭމަންޓް ޕްލޭން ތަކެއް ވަނީ މާޗް މަހުން ފެށިގެން ދެމުން ގެންދާ ކަމަށެވެ.

އެ ކުންފުނިން ބުނީ ޖޫން މަހުގެ ނިޔަލަށް އިތުރުކުރި ބައެއް އިނާޔަތްތަކުގެ މުއްދަތު އަންނަ މަހުގެ ނިޔަލަަށް ވެސް އިތުރު ކޮށްފައިވާ ކަމަށެވެ.

މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ދާނެ އޮފާތައް

  • ޖޫން 15 އިގެ ކުރިން އެޕް މެދުވެރިކޮށް އެކްޓިވޭޓް ކުރާ ކޮންމެ ޑޭޓާ ޕެކަކަށް 50 ޕަސެންޓް އިތުރު ޑޭޓާ
  • ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހިލޭ 25 ޕަސެންޓުގެ ޑޭޓާ ޖޫން މަހުގެ ނިޔަލަށް
  • ސުޕަނެޓް ފިކްސްޑް ބޮރޯޑްބޭންޑްގައު ދުވާލަކަށް 5ޖީބީ ޑޭޓާ
  • ސުޕަނެޓް ޕްލޭންގެ ޑޭޓާ ހަމަވުމުން، އެދުވަހަކަށް ލިބޭ 5ޖީބީ ޑޭޓާ، އެޕް މެދުވެރިކޮށް ހިލޭ އެކްޓިވޭޓް ވާނެ
  • ފަސޭހަ މިނީ އަލަށް ނަގާ ކަސްޓަމަރުންނަށް 50 ޕަސެންޓް ބޯނަސް ޑޭޓާ ޖޫން މަހަށް
  • އެމް-ފައިސާ މެދުވެރިކޮށް ސުޕަނެޓް، ޕޯސްޓްޕެއިޑް އަދި ފަސޭހަ ބިލް ދެއްކުމުން ބިލްގެ 5 ޕަސެންޓް އެމް-ފައިސާ ވޮލެޓަށް

މީގެ އިތުރުން، ސަރުކާރާއި އެޗްޕީއޭ އާއި ކަމާގުޅޭ އެހެން މުއައްސަސާތަކާ ގުޅިގެން ކޮވިޑް-19 އަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ ހުރިހާ މަސައްކަތެއްގައި އުރީދޫގެ އެހީތެރިކަމާއި އެއްބާރުލުން ކުރިމަގުގައި ވެސް ދޭނެ ކަމަަށް އެ ކުންފުނިން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.