ކޮވިޑް19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތު ނެތް ރަށްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް އަލުން ދޭން ފަށައިފިއެވެ.
ބީއެމްއެލްއިން ބުނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ބީއެމްއެލް ބްރާންޗްތައް ހަފްތާއަކު ތިން ދުވަހު ހުޅުވާނެ ކަމަށެވެ. އެގޮތުން ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު އޮންލައިން ކޮށް ނުވަތަ އޭޓީއެމް މެދުވެރިކޮށް ލިބެންނެތް ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.
އެ ގޮތުން ބީއެމްއެލްއިންވެސް އޮންލައިންކޮށް އަދި އޭޓީއެމްތައް މެދުވެރިކޮށް އެ ބެންކްގެ އެކި ހިދުމަތްތައް ލިބޭނެ އިންތިޒާމް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. އަދި 24 ގަޑިއިރު ކޯލް ސެންޓަރުގެ ހިދުމަތްވެސް ކަސްޓަމަރުންނަށް އަންނަނީ ފޯރުކޮށްދެމުންނެވެ.
ބީއެމްއެލްގެ ބްރާންޗްތައް ހުޅުވިނަމަވެސް، ޚިދުމަތްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންކަމަށް ބީއެމްއެލްއިން ބުނެއެވެ.