ތިން ރަށެއްގައި އުރީދުގެ ޑިޖިޓަލް ސެންޓަރު ގާއިމުކޮށްފި

އުރީދޫން ފުވައްމުލަކުގަިއ ގާިއމުކުރި ޑިޖިޓަލް ސެންޓަރު

އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރުތައް ހދ.  ކުޅުދުއްފުށި ގދ. ތިނަދޫ އަދި ފުވައްމުލަކުގައި ގާއިމްކޮށްފި އެވެ.

އުރީދޫން ބުނި ގޮތުގައި ޑިޖިޓަލް ސެންޓަރުގައި ހިމެނޭ ސެލްފް-ސާވިސް ކިއޮސްކްތައް މެދުވެރިކޮށް، ބޭނުން ކޮންމެ ގަޑިއެއްގައި ޕްރިޕެއިޑް ރީޗާރޖްކޮށް، ބިލަށް ފައިސާދެއްކުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އުރީދޫ ޑިޖިޓަލް ސެންޓަރުތަކަކީ ދިވެހިރާއްޖޭގައި މި ޚިދުމަތް 24 ގަޑިއިރު ފޯރުކޮށްދެވޭ ހަމަ އެކަނި ސެންޓަރުތަކެވެ.

ޑިޖިޓަލް ސެންޓަރުން ގިނަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ހަފްތާގެ 7 ދުވަހު، ކޮންމެ ދުވަހެއްގެ 24 ގަޑިއިރު ލިބެން ހުންނާނެއެވެ. އޭގެތެރޭގައި ބިލަށް ފައިސާ ދެއްކުމާއި ރީޗާޖްގެ ޚިދުމަތުގެ އިތުރުން އެމް-ފައިސާ އެކައުންޓަށް ކޭޝް އިން ކުރުމުގެ ޚިދުމަތްތައް ލިބޭނެ އެވެ.

އުރީދޫން ތިނަދޫގައި ގާއިމުކުރި ޑިޖިޓަލް ސެންޓަރު

އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޒަމާނީ ޓެކްނޮލޮޖީއާއެކު އުރީދޫ ގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް އަވަސް އަދި ލިބިގަންނަން ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭތޯ ކަމަށެވެ.

“ކުއްލި ހާލަތެއްގައި ދުނިޔެ މިހާރު ކުރިމަތިލަމުންދާ ޕެންޑެމިކް އާއި ގުޅިގެން އަޅުގަނޑުމެންގެ އާންމު ދިރިއުޅުން ބަދަލުވެ، ނިއު ނޯމަލްއަކަށް ދަތުރުކުރާއިރު މުޖުތަމައުގެ ބޭނުންތަކަށް ޓެކްނޮލޮޖީގެ ރޯލުވަނީ އިހުނަށްވުރެ ބޮޑުވެފަ. މިހާލަތުގައި މި ގާއިމް ކުރެވުނު ޑިޖިޓަލް ސެންޓަރުތަކުގެ ސަބަބުން އިޖުތިމާއީ ގައިދުރުކަން ބަހައްޓާ، އުރީދޫ ކަސްޓަމަރުންނަށް ހިދުމަތްތައް ލިބިގަތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ. އަޅުގަނޑުމެންގެ އަޒުމަކީ މިފަދަ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށްވެސް ފޯރުކޮށްދިނުން.” އޭނާ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްއިން މިއަހަރުގެ މާރިޗް މަހު ވަނީ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ސެންޓަރު މާލޭގައި އިފްތިތާހު ކޮށްފައެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ކަސްޓަމަރުންނަށް މި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ދެވަނަ ޑިޖިޓަލް ސެންޓަރެއް ވަނީ ހުޅުމާލޭގައިވެސް ހުޅުވައިފަ އެވެ.

އުރީދޫން ކުޅުދުއްފުށީގައި ގާއިމުކުރި ޑިޖިޓަލް ސެންޓަރު

އުރީދޫން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ލިބިގަތުމުގައި އިތުރު ފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، ކުރިޔަށް އޮތްތަނުގައި އިތުރު ޑިޖިޓަލް ސެންޓަރުތަކެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އުރީދޫގެ ޚިދުމަތްތައް އިތުރަށް ޑިޖިޓަލްކޮށް ފަސޭހަކަމާއެކު ޚިދުމަތް ލިބޭނެގޮތް ފަހިކޮށް ދިނުމަށް އުރީދޫ މޯލްޑިވްސްއިން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްއިން އުފައްދާފައިވާ ސުޕަރ އެޕް، އުރީދޫ އެޕް މެދުވެރިކޮށް ސައުވީސް ގަޑިއިރުގެ ކަސްޓަމަރ ސާރވިސްގެ އިތުރުން އެމް-ފައިސާގެ ޚިދުމަތްތައް އަދި އީ ކޮމަރސް ޕްލެޓްފޯރމް، މޫލީގެ ޚިދުމަތްތައްވެސް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.