އޮންލައިންކޮށް ނުލިބޭ ހިދުމަތްތައް ދޭނީ އެޕޮއިންޓްމަންޓަށް: ބީއެމްއެލް

މާލެ ސިޓީގައި ގާއިމުކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތަކުން އޮންލައިން ނޫން ހިދުމަތްތައް ދޭނީ އެޕޮއިންޓަމަންޓް ދޫކޮށްގެން ކަމަށް އެ ބޭންކުން ބުނެފިއެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްތަކުގެ ބީއެމްއެލް ރަށްރަށުގެ ބްރާންޗުތައް މިހާރުވެސް އަންނަނީ ހުޅުވަމުންނެވެ. ނަމަވެސް މީގެ ކުރިން މާލެ ސިޓީގެ ބްރާންޗުތައް ހުޅުވާފައި ނުވެއެވެ.

ބީއެމްއެލް އިން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން އޮންލައިން އަދި ސެލްފް-ސަރވިސް ބޭންކިންގ މެދުވެރިކޮށް ލިބެން ނުހުންނަ ހިދުމަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ބީއެމްއެލްގެ ބްރާންޗް ތަކާއި ސާވިސް ސެންޓަރުތައް ހުޅުވުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. މި ވަގުތުތަކުގައި ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުން އެ ބޭންކުގެ ވެބްސައިޓު bankofmaldives.com.mv/book-appointment މެދުވެރިކޮށް ނުވަތަ ކަސްޓަމަރުގެ ފޯން ނަންބަރާއި އައިޑީ ކާޑު ނަންބަރާއި ނަމާއި މިހާރު އުޅޭ އެޑްރެސް 455 އަށް އެސްއެމްއެސް ކޮށްގެން އެޕޮއިންޓްމެންޓު ހެދޭނެ އެވެ.

ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ ބްރާންޗްތަކުގެ އެޕޮއިންޓްމަންޓަށް އެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ހުޅުވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތަށް ދުވާލަކަށް ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ އަދަދެއްގެ ކަސްޓަމަރުންނަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ.

“ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހަމަޖެއްސުމުގެ ފުރުސަތު ލިބޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެ،” ބީއެމްއެލް އިން ބުންޏެވެ.

ޕޯޓަލް އަދި އެސްއެމްއެސް އިން އެޕޮއިންޓްމަންޓް ހަދާނެގޮތް

ބީއެމްއެލްގެ ވެބްސައިޓްގައިވާ އެޕޮއިންޓްމަންޓް ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހައްދަވަން ބްރާންޗް ނުވަތަ ސާވިސް ސެންޓަރ ހިޔާރުކުރެއްވުމަށްފަހު ރިކުއެސްޓް ފޮނުވާށެވެ. އެޕޮއިންޓްމަންޓް ހަމަޖެހުމުން ކަސްޓަމަރުގެ މޮބައިލް ނަންބަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެސްއެމްއެސްއަކުން ‘ޕަރމިޓް’ ފޮނުވާނެއެވެ. އެޕޮއިންޓްމަންޓް ހަމަޖެހިފައިވާ ގަޑިއަށް ބޭންކަށް ވަޑައިގަންނަވަންވާނެއެވެ.

އެސްއެމްއެސް އިން އެޕޮންޓްމަންޓަށް އެދޭނަމަ، 455 އަށް އެސްއެމްއެސް ކުރައްވާށެވެ. އެސްއެމްއެސް ކުރައްވާނީ ތިރީގައި މިވާ ގޮތަށް ކޮންމެ މައުލޫމާތެއް ވަކި ލައިނެއްގައެވެ.

  • ބްރާންޗް ނުވަތަ ސަރވިސް ސެންޓަރުގެ ކީވޯޑް
  • އައިޑީކާޑު ނަންބަރު / ޕާސްޕޯރޓް ނަންބަރު ( ބިދޭސީއެއްނަމަ)
  • ނަން
  • މިހާރު އުޅޭ އެޑްރެސް

މިސާލު: ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ބަލައިގަތުމަށް

  • CSC
  • A000000
  • Ahmed Mohmed
  • G. Viyavethi

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.