އުރީދޫން ކޭޝްބެކް އޮފާއެއް ފަށައިފި

އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފާއެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ކުރައްވާ ކޮންމެ ޕްރީޕެއިޑް ރީޗާރޖްއަކާއި އެކު ރިޗާރޖް ކުރެއްވި އަދަދުގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަ ބިލް ދައްކާލުމުން ބިލްގެ %5 ވެސް އަނބުރާ ވޮލެޓަށް ޖަމާވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫން ބުނިގޮތުގައި މި އޮފާ އެކުންފުނިން ތައާރަފް ކޮށްފައިވަނީ، ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިޚްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ: http://ore.do/app
  2. އެމް-ފައިސާ ސަރވިސަސް އިން “ޕޯސްޓްޕެއިޑް”، “ސުޕަރނެޓް”، “ފަސޭހަ” ނުވަތަ ” ޕްރީޕެއިޑް ރީޗާރޖް” ނަންގަވާ
  3. ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕަރނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖައްސަވާ
  4. ބިލްގެ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ
  5. ފޯނަށް ލިބިވަޑައިގެންނެވި އޯޓީޕީ ނަންބަރ ޖައްސަވާ ޕޭމަންޓް ޔަގީންކުރައްވާ

ބިލަށް ފައިސާ ދެއްކެވުމުން ނުވަތަ ޕްރިޕެއިޑް ރިޗާރޖް ކުރެއްވުމުން، ފައިސާ ދެއްކެވި އަދަދު ނުވަތަ ރިޗާރޖް ކުރެއްވި އަދަދުގެ %5 ވޮލެޓަށް ޖަމާވިކަމުގެ އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

  1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ    http://ore.do/app
  2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

އުރީދޫން ބުނީ ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.