ގޭގައި ތިބެގެން ފެނަކައިގެ ކަރަންޓް އަދި ފެންބިލް ދައްކާލެވޭނެ އެޕްލިކޭޝަނެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.
“ފެނަކް ބިލް-ޕޭ” އަކީ ބޭނުން ކުރަން ފަސޭހަ އަދި އެކުންފުނީގެ ކަސްޓަމަރުންގެ ބިލްތަކަށް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭ އެޕްލިކޭޝަނެކެވެ.
ފެނަކް ކޯޕަރޭޝަނުން ބުނީ މި އެޕްލިކޭޝަން މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން ޚިދުމަތްތައް ބޭނުންކުރެވޭ މިންވަރު އަމިއްލަފުޅަށް ބަލާލެވޭނެ ކަމަށެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ފެނަކައިގެ ކަސްޓަމަރުންނަށް ކުރީގެ ބިލްތަކުގެ ތަފްސީލާއި ފައިސާ ނުދެއްކި ހުރި ބިލްތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވޭނެއެވެ. މީގެ އިތުރުން މި އެޕް މެދުވެރިކޮށް ކޮންމެ ތާކު ހުންނަވައިގެން ކޮންމެ ގަޑިއަކުވިޔަސް ބިލް ދައްކާލެވޭނެ އެވެ. އަދި ކަރަންޓު ބޭނުންކުރެވޭ ވަރުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލައިލެވެން ހުންނާނެ އެވެ.
ފެނަކައިގެ މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.