ހޯމަ ދުވަހުން ފެށިގެން ހަފުތާއަކު ހަތަރު ދުވަހު ބީއެމްއެލް އިން ޚިދުމަތްދޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން މި މަސް ނިމެންދެން ކޮންމެ ހަފުތާއެއްގެ ހަތަރު ދުވަހު ބީއެމްއެލް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.

ބީއެމްއެލުން ބުނީ އެ ބޭންކުން ހިދުމަތް ދޭނީ ކޮންމެ ހަފުތާއެއްގެ ހޯމަ، އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.

މި ދުވަސްތަކުގައި ހިދުމަތް ހޯދާ ނަމަ އެޕޮއިންޓްމަންޓު ހައްދަން ޖެހޭނެ އެވެ. ކޮންމެ ދުވަހަކަށްވެސް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އެޕޮއިންޓްމަންޓް ޕޯޓަލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށް އޭގެ ކުރީ ދުވަހު ހުޅުވާލެވޭނެއެވެ. މިސާލަކަށް ހޯމަ ދުވަހު އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު އާދިއްތަ ވިލޭރޭ 12:00 އިން ފެށިގެން ހުޅުވާލެވޭނެއެވެ.

ބޭންކުގެ ހިދުމަތް ދޭ ދުވަސްތައް އިތުރުކުރި ނަމަވެސް އެ ބޭންކުން ފޯރުކޮށްދޭނީ އޮންލައިންކޮށް އަދި އޭޓީއެމް މެދުވެރިކޮށް ނުލިބޭ ހިދުމަތްތައް އެކަންޏެވެ. މީގެ ތެރޭގައި ބޭންކު ގެރެންޓީ އާއި ރިޓާން ޗެކު ބަލައިގަތުމާއި ޗެކު ފޮތަށް އެދުމާއި ބަލައިގަތުން އަދި އޭޓީއެމުން ފައިސާ ނެގުމާއި ޖަމާކުރުމަށް ލިމިޓު ކޮށްފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް ނެގުމާއި ޖަމާކުރުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލް އިން އެޕޮއިންޓްމަންޓަށް ހިދުމަތް ހޯދާ ކަސްޓަމަރުން ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.