ބޭންކުން ކާޑުގެ މައުލޫމާތު ލީކެއް ނުވޭ: ބީއެމްއެލް

ބީއެމްއެލްގެ އެއްވެސް ކާޑެއްގެ މައުލޫމާތު ބޭންކު ތެރެއިން ލީކްވެފައިނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން މިރޭ ނެރުނު އެނައުންސްމެންޓެއްގައި ވަނީ ބޭންކުތެރެއިން ކާޑުގެ އެއްވެސް މައުލޫމާތެއް ލީކްނުވި ނަމަވެސް، ފިހަރަތަކާއި އޮންލައިން މާޗެންޓުން އަތުން ކާޑުގެ މައުލޫމާތު ލީކްވެދާނެ ކަމަށެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މައުލޫމާތު ލީކްވެފައިވާކަން އެނގިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

“350 ބީއެމްއެލް ކާޑުގެ މައުލޫމާތު ވަނީ ލީކްވެފައި. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެތައް މިލިއަން ކަސްޓަމަރުންނަށް އަސަރުކުރާނެ ކަމެއް،” ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ މައުލޫމާތު ލީކްވި ކާޑުތައް މިހާރު ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށެވެ. އަދި ރިޕްލޭސްމަންޓް ކާޑުތައް އެ ކަސްޓަމަރުންނަށް ދޫކުރަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.

މާޗަންޓުންގެ އަތުން މިގޮތަށް ކާޑުގެ މައުލޫމާތު ލީކްވިނަމަވެސް ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން އޮންނާނެ ކަމަށާއި މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.