“ތަކުރު ވޯސް” – އެންމެ ފުރަތަމަ ދިވެހި މަލްޓިޕްލެއާ ގޭމް

ދިރާގާއި ރާއްޖޭގެ ގޭމް ޑިވެލޮޕަރ އެއް ކަމަށްވާ “އަރސިލްސް” ގުޅިގެން ރާއްޖޭގެ ފުރަތަމަ އޮންލައިން މަލްޓި ޕްލެޔަރ ނުވަތަ އެކަކަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ކުޅެވޭ މޯބައިލް ގޭމެއް ތައާރަފުކޮށްފިއެވެ.

“ތަކުރު ވޯރސް” ކިޔާ މި ގޭމަކީ ދިވެހި ރާއްޖޭގެ އާދަކާދައާ، ތާރީޚާއި ސަގާފަތާ ގުޅުވައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ. މި ގޭމުން ދައްކުވައިދޭނީ ދިވެހި ކެރެކްޓަރ ތަކާއި މާހައުލުތަކެވެ. މި ގޭމްގައި މައިގަނޑު 5 ދިވެހި ކެރެކްޓަރަސް އުޅޭނެއެވެ. އަދި ބޭނުން ގޮތަކަށް މި ކެރެކްޓަރތައް ކަސްޓަމައިޒް ވެސް ކޮށްލެވޭނެއެވެ. އަދި މި ކެރެކްޓަރ ތަކުގައިވާ “ސުޕަރ ޕަވަރސް” އަދި ޚާއްސަ ހަތިޔާރުތައް ބޭނުންކޮށްގެން އެހެން ގޭމަރސް އާ ވާދަކޮށް ލީޑަރބޯޑްގެ އެންމެ ކުރިއަށް އެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. 

 “އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ ކަސްޓަމަރުން އެކަކު އަނެކަކާ ގުޅުވައިދިނުމަށް. އެގޮތުން، އަޅުގަނޑުމެން އުންމީދު ކުރަނީ އިޖުތިމާޢީ ގައިދުރުކަން އިސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި މި ގޭމަކީ ކަސްޓަމަރުން މުނިފޫހިފިލާ، ރައްޓެހިންނާ އާއިލާއާ އެކު ދުރުގައި ހުއްޓަސް އެކީ ކުޅެވޭނެ ކަހަލަ މަޖާ ގޭމަކަށް މި ގޭމް ވެގެން ދާނެ ކަމަށް” ދިރާގުގެ މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ރާއްޖޭގައި ގޭމް އުފެއްދުމަށް. އަޅުގަނޑުމެން މި ކުންފުނި ހެދުމުގެ މަގުސަދަކީވެސް އެއީ. މި ހުވަފެން ހަގީގަތަކަށް ވުމުން އެކަމާ ވަރަށް އުފާކުރަން. އަދި އަޅުގަނޑުމެންގެ މި މަސައްކަތުގައި ދިރާގުން ލިބުނު އެހީތެރިކަން ވަރަށް ބޮޑަށް ފާހަގަކުރަން. ދިރާގާ އެއްކޮށް މަސައްކަތްކޮށްލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް” އަރސިލްސް ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ޝާފިއު ވިދާޅުވިއެވެ.

ދިރާގުން ދިވެހި ޑިވެލޮޕަރުންނާއި ގުޅިގެން، ދިވެހި ގޭމިންގ ކޮމިއުނިޓީގެ މޮބައިލް ގޭމިންގ ތަޖުރިބާ ރަނގަޅު ކުރުމުގެ މަސަކަތުގައި ބައިވެރިވުމަކީ ވަރަށް އުފާކުރާ ކަމެކެވެ.

މި ގޭމް މިހާރު ޕްލޭ ސްޓޯރ އަދި އެޕް ސްޓޯރ އިން ހިލޭ ޑައުންލޯޑް ކުރެވޭނެއެވެ. ގޭމް ޑައުންލޯޑް ކޮށްލުމަށް https://appurl.io/AZIVmOZDq

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.