ދިރާގުގެ ކަސްޓަމަރުންނަށް ބޫސްޓާއިން އިތުރު އެލަވަންސް!

ހޯމް ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓާ ތަކުން އިތުރު އެލަވަންސާއި މޮބައިލް ޕޯސްޓްޕެއިޑް އަދި މަމެން ކަސްޓަމަރުންނަށް ޑިސްކައުންޓް ދިނުމަށް ދިރާގުން ނިންމައިފި އެވެ.

މިއީ “ނިއު ނޯމަލް” ހާލަތުގައި ދިރިއުޅެން ދަސްކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ދިރާގުގެ ކަސްޓަމަރުންނަށް މެދުކެނޑުމެއް ނެތި ފަސޭހަކަމާ އެކު ގުޅައިދީ، އެ މީހުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަ ކުރުމުގެ ގޮތުން ދިން ޑިސްކައުންޓްތަކެކެވެ.

ހޯމް ފިކްސްޑް ބްރޯޑްބެންޑް ކަސްޓަމަރުންނަށް މިއަދުން ފެށިގެން އަންނަ މަހުގެ 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން 33 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ އެވެ. މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި މަހުގެ 16 އިން އަންނަ އަންނަ މަހުގެ 15 ގެ ނިޔަލަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން 30 ޕަސެންޓް ލިބޭނެ އެވެ. މަމެން ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ހުރިހާ ޑޭޓާ ބަންޑަލްތަކުން 20 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގެ ލުއިތައް އައުމުގެ ކުރިން ވެސް ދިރާގުން ވަނީ ޑޭޓާ ގިނަ އެލަވަންސްތަކެއް ކަސްޓަމަރުންނަށް ދީފަ އެވެ. މި ހާލަތުގައި މާލީ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ބިލް ދެއްކުމުގައި ވެސް ލުއި ގޮތްތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.