އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް މާމެންދުއަށް ތައާރަފު ކޮށްފި

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ލ. މާމެންދޫއަށް ތައާރަފްކޮށްފިއެވެ.

އުރީދޫން ބުނީ މި ހިދުމަތާ އެކު ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އާ ހަމައަށް މާމޭންދޫގައި އިންޓަނެޓް ލިބޭނެ ކަމަށެވެ.

“އަޅުގަނޑުމެން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ދިވެހިންގެ ދިރިއުޅުން އިތުރަށް ފަހިކޮށް އިތުރު ކުރިއެރުން ހޯދާދިނުން. އެގޮތުން އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތާއި އެކު މާމެންދޫ ރައްޔިތުންނަށް އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިޔަށް އޮތްތަނުގައިވެސް، ރާއްޖޭގެ މުޖުތަމައުތައް ކުރިއަރުވާ، ދިވެހިން އައު ފުރުސަތުތަކަށް ގުޅުވާލަދިނުމުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށްގެންދާނެކަމުގެ ޔަގީންކަން އަރުވަން.” އުރީދޫ މޯލްޑިވްސްގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫން ބުނިގޮތުގައޮ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާ ކުރެވިފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތަކެއް އުރީދޫ ސުޕަރނެޓްގެ ޚިދުމަތް ބޭނުން ކުރައްވާ ބޭފުޅުންނަށް ލިބިގެންދެއެވެ. މިގޮތުން، މާމެންދޫ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި،  އިންޓަނެޓްގެ ޚިދުމަތް ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.