އެންމެ މަޤުބޫލު ސްޓަރ ޗެނަލްތައް ދިރާގު ޓީވީއަށް!

ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތްކަމަށްވާ، ދިރާގު ޓީވީއަށް ދިވެހިންގެ ތެރޭގައި އެންމެ މަޤުބޫލު އިންޑިޔާގެ ޓީވީ ޗެނަލްތައް ކަމަށްވާ “ސްޓަރ”ގެ ޗެނަލްތައް ތައާރަފުކޮށްފިއެވެ.

ދިރާގުން ބުނި ގޮތުގައި މިއަދުން ފެށިގެން ދިރާގު ޓީވީގެ  ކަސްޓަމަރުންނަށް ސްޓަރ އިންޑިޔާ ނެޓްވޯކްގެ މަޝްހޫރު ހުރިހާ ޗެނަލްތައް ބަލާލެވޭނެއެވެ. އޭގެ ތެރޭގައި ސްޓަރ ޕްލަސް، ސްޓަރ ގޯލްޑް، ސްޓަރ ބާރަތް، ސްޓަރ ޖަލްޝާ، ސްޓަރ ވިޖޭ އަދި އޭޝިއާނެޓް ހިމެނެއެވެ.

“ސްޓާ ޗެނަލްތަކުގެ މަޝްހޫރު ޓީވީ ޑްރާމާ ސިލްސިލާތަކާ، ރިއަލިޓީ ޝޯވ ތަކާއި އެންމެ ފަހުގެ ބޮލީވުޑް ބްލޮކްބަސްޓަރ ފިލްމްތައް ދިރާގު ޓީވީއަށް އަންނާނެ ދުވަހަކަށް އިންތިޒާރުކޮށްގެން ތިބި ހުރިހާ ފޭނުންނަށް މިއަދު ވެގެންދާނީ ވަރަށް އުފާވެރި ދުވަހަކަށެވެ. އަދި ޚާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑިފައިވާ ސްޓަރ ޕްލަސް އަދި ސްޓަރ ބާރަތްގެ ޑްރާމަ ސިލްސިލާތައް މި އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އަލުން ފެށުމުގެ އުފާވެރި ހަބަރާއެކު މިކަން ވެގެންދާނީ ދިރާގު ޓިވީ އަދި ސްޓަރ ނެޓްވޯކްގެ ފޭނުންގެ ދިގު އިންތިޒާރުގެ ފޮނި ނިމުމަކަށެވެ،” ދިރާގުން ބުންޏެވެ.

ސްޓާ ނެޓްވޯކް ދިރާގު ޓީވީއަށް އައުމާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހްމޫދް ދަސަރ ވިދާޅުވިގޮތުގައި ދިރާގު ޓީވީއަށް ސްޓަރ ނެޓްވޯކްގެ ޗެނަލްތައް އައުމަކީ ވަރަށް އުފާކުރާ ކަމެއްކެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ސްޓަރގެ ޗެނަލްތަކަކީ ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު ޗެނަލްތަކަކަށްވެފައި، ސްޓަރ ނެޓްވޯކްފަދަ ބޮޑު ޗެނަލަކާގުޅުމުން ދިރާގުޓީވީއިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކޮންޓެންޓް އިތުރަށް މުއްސަނދިވެ ތަރައްޤީވާނެކަމަށް ގަބޫލުކުރެވޭތީއެވެ.

“މި ކޮލާބޮރޭޝަންގެ ސަބަބުން ދިރާގު ކަސްޓަމަރުންނަށް މުނިފޫހިފުލުވުގައި އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް އުންމީދު ކުރަން،” މަހްމޫދް ދަސަރ ވިދާޅުވި އެވެ.

ސްޓާ އިންޑިޔާގެ ސްޕޯކްސްޕާސަން ވިދާޅުވީ ދިރާގުޓީވީ އާ ގުޅިގެން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ސްޓަރ ގެ ޗެނަލްތައް ފޯރުކޮށްދެވުމަކީ ވަރަށް އުފާކުރާކަމެއް ކަމަށާއި ދިރާގު ޓިވީ ކަސްޓަމަރުން ސްޓަރ އިން ފޯރުކޮށްދޭ ޗެނަލްތަކާއި، ބޮލްކްބަސްޓަރ ފިލްމުތަކުގެ އިތުރުން ޑްރާމާ ސިލްސިލާތަކަކީ ދިވެހިން ގަޔާވާ އަދި ކަމުދާނެ ޕްރޮގުރާމްތަކަށް ވެގެންދާނެކަމަށެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ %73 ގޭބިސީއަށް މިހާރު ޓީވީ ޚިދުމަތް ވަނީ ދިރާގުން ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި 53 ރަށް ހިމެނެއެވެ. މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދީފައިއެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

ސްޓާ ޗެނަލްތަކުގެ އިތުރު މައުލޫމާތު ތިރިީގައި އެވާ ލިންކުން ލިބޭނެ އެވެ.
https://www.dhiraagu.com.mv/Dhiraagu_TV.aspx?utm_source=PR&utm_medium=PR&utm_campaign=SonyAnnouncement

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.