މީރާއަށް ދައްކާ ހުރިހާ ފައިސާއެއް އޮންލައިންކޮށް

މީރާއިން ބަޔަކު ހިދުމަތް ހޯދަނީ– ފޮޓޯ/މިހާރު

މީރާއިން ބަލައިގަންނަ ޓެކުހާއި ފައިސާ، އޮންލައިންކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މި ހިދުމަތް މީރާއިން ފަހިކޮށްދީފައިވަނީ ޓެކްސް ފިޔަވައި އެހެނިހެން ފައިސާ އޮންލައިންކޮށް ބަލައިގަތުމަށް މިހާރު ވެސް ބޭނުންކުރަމުންދާ ވާރުޕޭ މެދުވެރިކޮށެވެ.

“ވާރު ޕޭ” ހިދުމަތް މެދުވެރިކޮށް މީގެ ކުރިން ވެސް ކުންފުނިތަކުގެ އަހަރީ ފީ އާއި، އެއްގަމު އުޅަނދު ފީ އަދި ކަނޑު އުޅަންދުގެ އަހަރީ ފީގެ ޓްރެފިކާ ގުޅޭ ގޮތުން ކުރާ ޖޫރިމަނާ އާއި މުދަލު ޒަކާތާއި މިނޫން ވެސް ބައެއް ފައިސާ ބަލައި ގަންނަމުން ދިޔަ އެވެ. ނަމަވެސް މީރާ އިން ވަނީ ވާރުޕޭ ގެ ހިދުމަތް އިތުރަށް ފުޅާކޮށްފަ އެވެ. މި ބަދަލާއެކު ހުރިހާ ފައިސާއެއް މީރާގެ އޮފީހަށް ނުގޮސް ބަލައިގަތުމުގެ ފުރުދަތު ލިބޭނެ އެވެ.

ވާރުޕޭ މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން ފައިސާގެ ރަސީދު ގެއްލިގެން ނުވަތަ ފައިސާގެ ރަސީދުގެ ކޮޕީއެއް ބޭނުންވެއްޖެނަމަ، ވާރުޕޭ މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ގޮތް ވެސް މީރާއިން ވަނީ ހަމަޖައްސައިދީފަ އެވެ. އަދި މީރާ ކަނެކްޓް ހިދުމަތަށް ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ވާރުޕޭ މެދުވެރިކޮށް ޖީއެސްޓީ ސުންބަޔާން ހުށަހެޅުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

މީގެ އިތުރުން މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ދައްކާ ފަރާތްތަކުން، ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއްފަހަރާ ނުދެއްކޭނަމަ، ދެއްކެން އޮތް އަދަދެއް މީރާ ކަނެކްޓް މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމުވެސް މީރާއިން ވަނީ ހަމަޖައްސައިދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.