އުރީދޫގެ މުވައްޒަފުން އަހަރު ނިމެންދެން މަސައްކަތްކުރާނީ ގޭގައި

އުރީދޫގެ މުވައްޒަފުންގެ ތެރެއިން ކޮންމެހެން އޮފީހަށް ނިކުމެ މަސައްކަތްކުރަންޖެހޭ މުވައްޒަފުން ފިޔަވައި އެހެން ހުރިހާ މުވައްޒަފުންވެސް މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ ގޭގައި ތިބެގެންކަމަށް އުރީދޫ ގުރޫޕުން ހާމަކޮށްފިއެވެ.

އުރީދޫއިން ބުނީ މިއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް، މުވައްޒަފުން ޑިޖިޓަލް އާލަތްތަކުގެ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން އެކުންފުނިން ފަށާފައިވާ ޕައިލެޓު ޕްރޮޖެކްޓެއްގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.

މިއީ މި ސަރަޙައްދުގެ ކުންފުންޏަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ.

އުރީދޫ ގުރޫޕުގެ މުވައްޒަފުންނާއި ކޮންޓްރެކްޓަރުން މަސައްކަތްކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލުތަކަށް ފަސޭހަ ބަދަލުތަކެއް މި ނިންމުމާއެކު އަންނާނެކަމަށް އުރީދޫ ގުރޫޕުން ހާމަކުރެއެވެ. އަދި އަޖުމަ ބެލުމަށް ފެށި ޕްރޮޖެކްޓުން މަސައްކަތްކުރުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުރީދޫ ގުރޫޕުން ދެކެއެވެ.

އެކުންފުނީގެ މި ނިންމުމާއި ގުޅޭގޮތުން އުރީދޫ ގުރޫޕުގެ ސީއީއޯ ޝައިޙް ސައުދު ބިން ނަސީރު އަލްޘާނީ ކޯވިޑް-19އާއެކު ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. މިއާއެކު އެކުންފުނީގެ ހިންގުމަށްވެސް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި އަދި ގިނަ ގޮންޖެހުންތަކަކާއެކު ކުންފުނިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައިކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން އުރީދޫގެ ސަތޭކައަށް ވުރެ ގިނަ މުވައްޒަފުން ދަނީ މިދިޔަ މާރޗުމަހުން ފެށިގެން ގޭގައި ތިބެގެން މަސައްކަތްކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.