މަންޓާ އިން ފަތުރުވެރިންނާއެކު ބ އަދި ދ އަތޮޅަށް

ރާއްޖޭގެ ބޯޑަރު މިއަދު ބޯޑަރު ހުޅުވާލުމާއެކު އައި ފަތުރުވެރިންގެ ތެރެއިން ބ އަދި ދ އަތޮޅަށް ދާ ފަތުރުވެރިންނާއެކު މަންޓާ އެއާ އިން އެ އެއާލައިނުގެ ފުރަތަމަ ޕޯސްޓް ލޮކްޑައުން ޓޫރިސްޓު ފްލައިޓު ބާއްވައިފި އެވެ.

މަންޓާ އިން ބުނީ ފަތުރުވެރިންނަށް ހިދުމަތް ދޭން އަނެއްކާވެސް ފެށުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށައި ކުރިން ދިން މަތީ ފެންވަރުގެ ހިދުމަތް މިހާރުވެސް ދިނުމަކީ އެ އެއާލައިނުގެ އަމާޒު ކަމަށެވެ.

ނިއު ނޯމަލްގައި ފަތުރުވެރިންނާއެކު މަންތާ އިން ދަތުރުތައް ފަށިއިރު، އެއާލައިނުގެ ސޭފްޓީ ސްޓޭންޑާޑުވެސް ނިއުނޯމަލްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭއިރު ހުންނަންޖެހޭނެ ސްޓޭންޑާޑު ފުރިހަމަވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

“އެންމެ މުހިއްމު އިސްކަމެއް ދެނީ އަމާން ރައްކާތެރި ހިތްހަމަ ޖެހޭ ހިދުމަތް ފޯރުކޮށްދިނުމަށް،” އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ބުނީ ޓޫރިސްޓު ފްލައިޓުތައް ފެށިނަމަވެސް، އޮން ޑިމާންޑް ޗާޓާތައް އެ އެއާލައިނުގެ ސީޕްލޭން އަދި އޭޓީއާރު ފްލައިޓުތަކުގައިވެސް ކުރާނެ ކަމަށެވެ. ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންނަށްވެސް ސީޕްލޭން ދަތުރުތައް ބާއްވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އިން ވަނީ ކޮވިޑްގެ ހާލަތުގައިވެސް މާލޭގައި ތިބި މީހުންގެ ތެރެއިން ރަށްރަށަށް ދާން ތިބި ދިވެހިން ރަށަށް ގެންދިޔުމަށް ސީޕްލޭން ދަތުރުތައް ވެސް ބާއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.