ދިރާގު ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދެނީ

ފައިބާ ބްރޯޑް ބޭންޑް ހިލޭ ގުޅައިދޭ ޕްރޮމޯޝަނެއް ދިރާގުން މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާ އެކު އެ ހިދުމަތް ލިބޭނެ ގޮތް ހަދައިދިނުމުގެ ގޮތުން އެ ކުންފުނިން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ނިޔަލަށެވެ.

ދިރާގުން މި މުއްދަތުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް ގުޅަން ބޭނުންވާ ފަރާތްތަކަށް ހިލޭ ރައުޓާ ވެސް ދޭނެ އެވެ. މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިން ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ދަށުން %50 ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ އެވެ.

“މިއީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކް ތަޖުރިބާކޮށްލަން ލިބޭ ރަނުގެ ފުރުސަތެކެވެ. ވަކިން ހާއްސަކޮށް މިދުވަށްވަރަކީ ވަރަށް ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ޖެހިފައިވާ ދުވަސްވަރެއްކަމުގައި ވުމުން، ދިރާގު ފައިބަރ ނެޓްވޯކް ފަދަ އިތުބާރު އަދި ޒަމާނީ ޚިދުމަތެއް ހެޔޮ އަގެގައި ހޯދުމަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ބޭނުން ކޮންމެހެންވެސް ހިފަންވާނެއެވެ.؛” ދިރާގުން ބުންޏެވެ.

ދިރާގުން ދެމުން އަންނަ ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. މީގެ އިތުރުން ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ހިދުމަތް ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން މިހާތަނަށް ރާއްޖޭގެ 75 ޕަސެންޓް ގޭބިސީތަކަށް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ފޯރުކޮށްދީފައި ވާއިރު މިއީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.