މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ޑިޖިޓަލް ކާނިވަލެއް މިރޭ ހުޅުވަނީ

ރާއްޖޭގެ މިނިވަން ދުވަހާއި އަންނަ އަޟްޙާ ޢީދާ ގުޅުވައިގެން މޫލީ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އަގުހުރި އެތައް އިނާމެއް ލިބޭ ޑިޖިޓަލް ކާނިވަލެއް މިރޭ ހުޅުވާނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫން ބުނިގޮތުގައި މި ކާނިވާ މިރެއިން ފެށިގެން  އަންނަ އޯގަސްޓްމަހުގެ 3 ވަނަ ދިވަހާ ހަމައަށް މޫލީ ޕްލެޓްފޯރމްގައި ކުރިއަށްދާނެއެވެ. 

“ފުޅާވަމުން އަންނަ އީ ކޮމަރސް ޕްލެޓްފޯމް، މޫލީ އިން މި ތަޢާރަފް ކުރާ ޑިޖިޓަލް ކާނިވަލުން ވިޔަފާރިކުރާ ނަސީބުވެރި ފަރާތްތަކަށް އަގު ހުރި އެތައް އިނާމެއް ގިވްއަވޭސްގެ ގޮތުގައި ލިބިގެންދާނެ،” އުރީދޫން ބުންޏެވެ.

އުރީދޫން ބުނި ގޮތުގައި މޫލީ ކާނިވަލް އަށް ޚާއްޞަ ސެކްޝަން އެއް އީ ކޮމާރސް ޕްލެޓްފޯމް ގައި ހުޅުވި، އުރީދޫ ކަސްޓަމަރުންނަށް އުފާވެރި ކަމާއެކު އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ޑެލިވަރ ވެސް ކޮށްދެވޭނެއެވެ. އެގޮތުން ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ ގެ މޫލީ ކާނިވަލުން ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

  1. އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
  2. މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ
  3. ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ
  4. ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ
  5. އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މީގެ އިތުރުން މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދާނެ ކަމަށް ވެސް އުރީދޫން ބުންނެވެ. ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށައަޅުއްވާފައެވެ. އޭގެ ތެރޭގައި ތަކެތި، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާރސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާރފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނެއެވެ. މީގެ ތެރެއިން ކޮންމެ ބްރޭންޑަކުންވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރެއްވި ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ. މި ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު ޢީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްޞާ ކޮށްލެވޭނެއެވެ.

އުރީދޫން ބުނިގޮތުގައި މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.