އެޕަލްގެ އެންމެ ފަހުގެ އައި ފޯނު އުރީދޫ މޫލީން ވިއްކަން ފަށައިފި

އުރީދޫ މޯލްޑިވްސްއިން މިއަދު، އެޕަލް ގެ ބާރުގަދަ އަދި އެންމެ އަގުހެޔޮ، ފަހުގެ އައިފޯން އެސްއީ މިއަދު ރާއްޖެއަށް ލޯންޗްކޮށްފިއެވެ.

ފަހުގެ އެހެން އައިފޯނުތަކާ އަޅާ ބަލާއިރު ސައިޒުން ކުޑަ ކަމުގައި ވީނަމަވެސް މި ބާރުގަދަ ފޯނު ފަރުމާ ކުރެވިފައިވަނީ ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ އޭ13 ބައޯނިކް ޗިޕް ބޭނުންކޮށްގެނެވެ. މީގެ އިތުރުން އައިފޯން މޮޑެލްތަކުގެ ތެރެއިން އެންމެ ވަރުގަދަ ސިންގަލް ކެމެރާ ސިސްޓަމް ހަރުކުރެވިފައިވަނީވެސް މި ލޯންޗްކުރެވުނު އައިފޯން އެސްއީގައެވެ. 

އައިފޯން އެސްއީ (ޖެން 2) ގެ އަގުތައް 

އަގު (ރފ.)ސްޓޯރޭޖްހޭންޑްސެޓް
9,399128 ޖީބީއައިފޯން އެސްއީ (ޖެން 2) 
11,499256 ޖީބީއައިފޯން އެސްއީ (ޖެން 2) 

“ދިވެހިންނަކީ ފަހުގެ ޓެކްނޮލޮޖީތައް ބަލައިގަނެ، ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފް ކުރާ އެންމެ ފަހުގެ އަދި އެންމެ އެޑްވާންސް އުފެއްދުންތައް، އެންމެ އަވަހަށް ގަތުމަށް އަބަދުވެސް ޝައުގުވެރިވާ ބައެއް. އެހެންކަމުން، އުރީދޫ ކަސްޓަމަރުންނަށް އައިފޯނުގެ މި ބާރުގަދަ އަދި އެންމެ އަގުހެޔޮ ފަހުގެ އައިފޯން އެސްއީ ފަސޭހަކަމާއެކު ބައްލަވައިގަތުމަށް މަގު ފަހިކޮށްދިނުމަކީ އަޅުގަށޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް.” އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

މިއަދު ލޯންޗްކުރެވުނު އައިފޯން އެސްއީ އުރީދޫގެ އީ ކޮމަސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ބައްލަވައިގަނެ، ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެ ކަމަށް އުރީދޫން ބުންޏެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.