55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން %55 އިތުރު ޑޭޓާ އެލަވަންސް!

ދިވެހި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅިގެން ދިރާގުން ޚާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން ދިރާގު މޯބައިލް ބޫސްޓަރ ތަކުން %55 އިތުރު އެލަވަންސް ލިބިގެން ދާނެއެވެ.

އެގޮތުން، ދިރާގު ޕްރީޕެއިޑް މިނީ ބޫސްޓަރ އަދި ޕޯސްޓްޕެއިޑް ބޫސްޓަރ ތައް 26 ޖުލައި އާއި 3 އޮގަސްޓް 2020 އާ ދެމެދު އެކްޓިވޭޓް ކުރައްވައިގެން %55 އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ކުލަގަދަކޮށް މިނިވަންދުވަސް ފާހަގަކުރަމުން އައި ބައެއް ނަމަވެސް، މި އަހަރު ކޮވިޑް19ގެ ސަބަބުން މިނިވަންދުވަހުގެ ކުޅިވަރުތަކާއި، ހަފުލާތައް ނުބާއްވަން ވަނީ ހަމަޖައްސާފައިއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އުންމީދު ކުރަނީ މި އިތުރު ޑޭޓާގެ ސަބަބުން ދިރާގު މޯބައިލް ކަސްޓަމަރުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ރައްޓެހިންނާއި އާއިލާއަށް ފޮނުވާ، މި ޗުއްޓީތެރޭގައި މުނިފޫހި ފިލުވުމުގެ ކަންތައްތައް ޑިޖިޓަލްކޮށް ކުރުމަށް ލިބޭނެ އިތުރު ހިއްވަރަކާއި ލުއި ފަސޭހައަކަށް ވެގެންދާނެކަމަށެވެ.  

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ކޮންމެ ތާކު، ކޮންމެ ވަގުތެއްގައި ވިޔަސް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.