ސްކޭޓް ބޯޑު ތަމްރީންދޭން އެމެރިކާގެ ތަޖުރިބާކާރެއް ގޮއިދުއަށް

14390791_1268018106582613_5639097779251600352_n

ބ. އަތޮޅު ގޮއިދޫގައި ސްކޭޓްބޯޑިންގެ ޕްރޮގްރާމް ތަކެއް ހިންގުމަށްޓަކައި އެމެރިކާގެ ތަޖުރިބާރާކު ސްކޭޓް ބޮޑޫ އަދި ސްކޭޓިއެސްޓަންގެ އޮޕަރޭޝަން ޑިރެކްޓަރު ބްރެންޑޮން ގޮމޭޒް މިއަދު ބ. ގޮއިދުއަށް އަތުވެއްޖެ އެވެ.

ބްރެންޑޮން ގޮމޭޒް ގޮއިދުއަށް އައުމުން އެރަށުން މިއަދުވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ބްރެންޑޮން ގޮމޭޒުގެ މިދަތުރުގައި ގޮއިދޫގައި ސްކޭޓްކުރާ ކުދިންނަށް ސްކޭޓްބޯޑިންގެ ހާއްސަ ތަމްރީން ޕްރޮގްރާމް ތަކެއް ހިންގާނެ އެވެ. ގޮއިދޫގައި ކުޑަކުދިން ވަރަށް ފޯރިއާއެކު މި ކުޅިވަރު މިހާރުދަނީ ކުޅެމުންނެވެ.

ގޮއިދޫ ކުއްޖަކު ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ ---
ގޮއިދޫ ކުއްޖަކު ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ —

ބްރެންޑޮން ގޮމޭޒް ރާއްޖެ މިއައީ ޔޫތު މިނިސްޓްރީއާއި ރާޅުގަނޑު ސްކޭޓް ޕާކް ގުޅިގެން ރާއްޖެއާއި ލަންކާއަށް ހާއްސަ ކޮށްގެން އެމެރިކާގައި ހުންނަ އެމެރިކަން އެމްބަސީގެ އިސްނެގުމުގެ މަތިންނެވެ.

ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ބުނީ މިމަހުގެ 22ގެ ނިޔަލަށް ބްރެންޑަން ރާއްޖޭގައި މަޑުކުރުމަށް ހަމަޖެހިފައިވާއިރު، ބްރެންޑޮންގެ އެ ހަރަކާތް ނިންމާލުމުގެ ގޮތުން 22 ވަނަ ދުވަހު އާޓިފިޝަލް ބީޗްގައި އާންމުންނަށް ހުޅުވާލައިގެން ސްކޭޓްބޯޑިން ހަރަކާތްތަކެއް ކުރިއަށްގެންދާނެ ކަމަށެވެ.

ބްރެންޑޮން ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ ---
ބްރެންޑޮން ސްކޭޓް ކުރުމުގައި ހަރަކާތްތެރި ވަނީ —

ބްރެންޑޮން އަންނަނީ ދުނިޔޭގައި ސްކޭޓްބޯޑިން ކުރިއެރުވުމަށް ހިލޭ ސާބަހައް މަސަތްކަތް ކުރާ އެންޖީއޯއެއް ކަމަށްވާ ސްކޭޓިއަސްޓަންގެ އޮޕަރޭޝަން ޑިރެކްޓަރުގެ ގޮތުގައި 2011 އިން ފެށިގެން މަސަތްކަތް ކުރަމުންނެވެ.

ބްރެންޑޮންގެ މަސަތްކަތް، ސްކޭޓިއަސްޓަން އިން އޭނާ ފެށީ ހަނގުރާމައިގެ ސަބަބުން ސުންނާފަތި ވެފައިވާ އަފްގާނިސްތާނުގެ ވެރިރަށް ކާބުލްއިންނެވެ. އޭނާ ވަނީ އަފްގާންގެ އިތުރުން ކެމްބޯޑީއާގެ ޒުވާނުންނަށް ވެސް ސްކޭޓިން ޕްރޮގްރާމް ތަކެއް ހިންގާފައެވެ.
ބްރެންޑޮން އެންމެ ބޮޑަށް ފާހަގަ ކޮށްލެވުނީ ދެކުނު އެފްރިކާގެ ޖޮހުންސްބާގްގައި ސްކޭޓިއަސްޓަންގެ ފަރާތުން ހުޅުވި ސްކޭޓް ސްކޫލް ވުޖޫދަށް ގެނައުމަށް ކުރި ބުރަ މަސަތްކަތްތަކުގެ ސަބަބުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.