އަޟްހާ ޢީދުގެ މުނާސަބަތުގައި، އުރީދޫ އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އޮގަސްޓު ތިނެއްގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން މި އޮފާގެ ދަށުން އެމް-ފައިސާ ފައިސާ ވޮލެޓަށް 50 ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއްގެ ފައިސާ ޓްރާންސްފާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް 3000ރ ލިބޭނެއެވެ.
މި ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އޯގަސްޓް ފަސް ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އެމް-ފައިސާ “ސެންޑް މަނީ” ފީޗާ އިން އެއް ވޮލެޓުން އަނެއް ވޮލެޓައް އިތުރު ޗާޖަކާނުލާ ލާރި ޓްރާންސްފާ ކުރެވޭނެއެވެ. ޢީދު ދުވަހުގެ ތަހުނިޔާ އާއިއެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނަށް އަދި ރައްޓެހިންނަށް އީދު ހަދިޔާއެއްގެ ގޮތުގައިވެސް އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވާލެވިދާނެއެވެ.
އެމް-ފައިސާ މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެވޭނެއެވެ.