“އަތޮޅު ރަން” ގެ ނަމުގައި އުރީދޫން ވާޗުއަލް ރަންއެއް ބާއްވަނީ

އުރީދޫ މޯލްޑިވްސް އިން “އަތޮޅު ރަން”ގެ ނަމުގައި ވާޗުއަލް ރަން އެއް މިއަދު އިއުލާނުކޮށްފި އެވެ.

އެ ކުންފުނީގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ދުވުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.
މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ ފުރަތަމަ ރަން އެވެ.

އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ، އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން ކަމަށެވެ.

“މި ދަނޑިވަޅުގެ ގޮތުން އަޅުގަނޑުމެން މި ރަން ވާޗުއަލް ރަންއެއް ގޮތުގައި ރާވާފައި މިވަނީ ގައިދުރުކަމުގެ މުހިންމުކަމަށް ވެސް ވަރަށް ބޮޑު އިސްކަމެއްދީގެން. އަތޮޅު ރަންއަކީ ފާއިތުވީ އަހަރުތަކުގައި އުރީދޫން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުން ޑިޖިޓަލްކޮށް ގުޅުވާލަދިނުމުގައި ކުރެވިފައިވާ މަސައްކަތުގެ ރަމްޒެއް،” އޭނާ ވިދާޅުވި އެވެ.

މި ދުވުމުގައި 20 އަތޮޅުން 20 ދުވުންތެރިން ބައިވެރިވާނެ އެވެ. އަތޮޅު ރަން ކުރިއަށްދާއިރު ސޯޝަލް މީޑިއާ މެދުވެރިކޮށް ރަންގެ ލައިވް ފޮޓޯ އާއި ވީޑިއޯތައް ބެލުންތެރިންނަށް ފެންނާނެ އެވެ.

އުރީދޫން ބުނީ އަތޮޅު ރަންގައި ބައިވެރިވާ ދުވުންތެރިންނަށް ހިތްވަރުދީ އެޗްޕީއޭ ގެ ގައިދުރުކަން ބަހައްޓަންޖެހޭ މިންގަނޑުގެތެރެއިން ބައިވެރިވުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އުރީދޫން ދައުވަތުދޭ ކަމަށެވެ.

އެ ކުންފުނިން ދަނީ ކޮންމެ އަހަރަކު ވެސް “ކަލަރަން” ގެ ނަމުގައި ވެސް ދުވުމެއް ބާއްވަމުންނެވެ. މި ދުވުން މާލޭގެ އިތުރު އައްޑޫގައި ވެސް މިހާރު ބާއްވާފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.