ބީއެމްއެލް އަހަރީ އާންމު ޖަލްސާ މި މަހު 31 ގައި

ިމިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ– ފޮޓޯ: ހުސައިން ވަހީދު/މިހާރު

ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ މި މަހު 31 ގައި އޮންލައިންކޮށް ބޭއްވުމަށް އެ ބޭންކުން ނިންމައިިފި އެވެ.

އެގޮތުން މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލާނެ ކަމަށް ބީއެމްއެލުން ހިއްސާދާރުންނަށް ފޮނުވި ނޯޓިސްގައި ބުނެފައި ވެއެވެ.

މި ޖަލްސާ އޮންނާނީ މި މަހު 31 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް، “ފަހިވޯޓް” މެދުވެރިކޮށެވެ.

އަހަރީ އާއްމު ޖަލްސާގައި ބައިވެރިވޭނީ މި މަހު 18އާ ހަމައަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރާ ހިއްސާދާރުންނަށް އެކަންޏެވެ. އެ މުއްދަތުގައި ދަފުތަރުގައި ރަޖިސްޓްރީވާ ހިއްސާދާރުން މި މަހުގެ 29ގެ ކުރިން އަހަރީ އާއްމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އެގޮތުން، ޖަލްސާއަށް ޕްރީ-ރަޖިސްޓަރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް “އިންފިނިޓީ” http://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅައިގެން ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ބީއެމްއެލުން ބުނީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކުން ޖަލްސާއަށް މީހަކު ފޮނުވާ ނަމަ އެއީ ކުންފުނި ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑުން ފާސްކޮށްފައިވާ ގަރާރަކުން ހުއްދަ ދީފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ހިއްސާދާރުގެ ބަދަލުގައި އެހެން މީހަކު ބައިވެރިވާ ނަމަ ޖަލްސާގެ 48 ގަޑިއިރު ކުރިން ޕްރޮކްސީ ފޯމު ހުށަހަޅައި އީމެއިލްއަކުން އެކަން އެންގުމަށެވެ.

ޖަލްސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ ނުވަތަ ޖަލްސާގެ އެޖެންޑާއަކަށް އެއްވެސް ސުވާލެއް ހުށަހަޅަން ބޭނުންވާ ނަމަ [email protected] އަށް މެއިލް ކުރުމަށް ބީއެމްއެލުން އެދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.