ސެމްސަންގެ ފަތްޖެހޭ ފޯނު އުރީދޫން ރާއްޖެ އަށް ތައާރަފު ކޮށްފި

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފާ އަކާ އެކު ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

އުރީދޫން ބުނީ ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ފޯނަކާ އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ޑޭޓާ ހިލޭ މިއަހަރުގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

އެގޮތުން ގެލެކްސީ ޒެޑް ފްލިކްސް، 256 ޖީބީގެ “މިރާ ޕާޕަލް” ކުލައިގެ ފޯނު 22،699 ރުފިޔާއަށް ލިބެން ހުންނާނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

އަދި އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭ ގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗާ އާ އެކު ފޮޓޯ ނަގާ މީހުންނަށްވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެއެވެ.

އުރީދޫން އަންނަނީ ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ބާޒާރަށް ނުކުންނަ އާ ފޯނުތައް ދިވެހިންނާ ހަމައަށް ފޯރުކޮށް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.