އުރީދޫ ސުޕަނެޓް ޕްލޭންތައް އަޕްގްރޭޑް ކޮށްފި

އުރީދޫގެ ސުޕަނެޓް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި، 5 ގުނަ އިތުރު ސްޕީޑާއެކު 68 އިންސައްތަ އާއި ހަމައަށް އިތުރު ޑޭޓާ ދޭން ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސް އަކީ ފެށުނީއްސުރެ އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތާއިއެކު ރާއްޖޭގެ އެންމެހައި ރައްޔިތުން ގުޅުވައިދިނުމުގެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. މިއަދު، މުޅި ދުނިޔެ ކުރިމަތިލަމުން އަންނަ ޕެންޑެމިކްއާއި ގުޅިގެން މުވާސަލާތީ ގުޅުމުގެ މުހިންމުކަން އިތުރުވެ، އިންޓަނެޓް ބޭނުންކުރާވަރުވެސް ވަނީ ނުހަނު ބޮޑުތަން އިތުރުވެފަ އެވެ. އެހެންކަމުން، އުރީދޫ މޯލްޑިވްސްގެ ތަސައްވުރާއެއްގޮތްވާ ގޮތުގެ މަތިން، ކަސްޓަމަރުންގެ މި ބޭނުންތައް އިތުރަށް ފަހިކޮށްދިނުމުގެ ގޮތުން ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕްލޭންތައް މިއަދު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ.

މިއަދު، 15 އޯގަސްޓްގައި ސުޕަނެޓް ޕެކޭޖްތައް ރިނިއުވެގެންދިޔައިރު މި ގެނެވުނު ބަދަލާއިއެކު ކަސްޓަމަރުންނަށް އިތުރު ޑޭޓާ އާއި ހަލުވި ސްޕީޑް ލިބގެންދާނެ އެވެ. ސުޕަނެޓް ޕްލޭންތަކަށް ގެނެވުނު މި ހެޔޮ ބަދަލުގެ އިތުރު މައުލޫމާތާއި ތަފްސީލު އުރީދޫ މޯލްޑިވްސްގެ އެޕުން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެ އެވެ.

“މުޅި ދުނިޔެ އަށް ބަލާލި ކަމުގައިވިޔަސް، ދިރިއުޅުން ކުރިއަރުވައި ކަންކަމުގައި އިތުރު ފަސޭހަކަން ގެނެސްދިނުމުގައި އިންޓަނެޓްގެ ރޯލު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އުރީދޫ އިން ދިވެހިރާއްޖޭގެ ހިދުމަތުގައި 15 އަހަރު ފުރުމުގެ މުނާސަބަތު އަޅުގަނޑުމެން ފާހަގަކުރަމުން ދާއިރު، ރައްޔިތުންނަށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަށް އަރުވަން،” އުރީދޫ މޯލްޑިވްސް މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.

“މިއަދު އަޅުގަނޑުމެން މިވަނީ ކުރިޔަށްވުރެވެސް ހަލުވި ސްޕީޑުގައި، އިތުރު ޑޭޓާ އެލަވަންސްއާއެކު ސުޕަރނެޓް ޕޯޓްފޯލިއޯ އަޕްގްރޭޑްކޮށްފަ. މި ބަދަލު ގެނައުމުގެ މަގްސަދަކީ، ދުނިޔޭގެ ހާލަތާއެކު ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ އިންޓަނެޓްގެ ބޭނުންތައް ފުރިހަމަކުރުމަށް ލުއިގޮތްތައް ހޯދާދިނުން. ހަމައެހެންމެ، އޮންލައިންކޮށް ކިޔެވުމާއި، ސިއްހީ ހިދުމަތާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުން ފަދަ ޑިޖިޓަލްވަމުންއަންނަ ހިދުމަތްތަކުގެ ފުރިހަމަ ބޭނުން ހިފުމަށް ފަހިކޮށްދިނުން.”

އުރީދޫ އަށް ފިކްސްޑް ބްރޯޑްބޭންޑް ލައިސަންސް ލިބި، އެންމެހާ ފަރާތްތަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ފެށުންވެގެންދިޔައީ ރާއްޖޭގެ ބްރޯޑްބޭންޑް ދާއިރާއަށްވެސް ފާހަގަކޮށްލެވޭ ކުރިއެރުމެއް ގެނެސްދިން ބަދަލަކަށެވެ.

ކަސްޓަމަރުންނަށް ހެޔޮ އަގުތަކުގައި ބްރޯޑްބޭންޑް ލިބުމުގެ އިތުރުން، މާލެ ފިޔަވައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތް މިއާއިއެކު ލިބެން ފެށި އެވެ. ރާއްޖޭގެ އާބާދީގެ 70 އިންސައްތަ އަށް މިހާރު ސުޕަނެޓްގެ ހިދުމަތް ލިބޭއިރު، ހިދުމަތް އިތުރަށް ފުޅާކުރުމަށް އުރީދޫ އިން ދަނީ މަސައްކަތް ކުރަމުންނެވެ.

ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އިންޓަނެޓްގެ ހިދުމަތް ވީހާވެސް ގިނަބަޔަކަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުންގެންދާނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.