މެސީ އާއި ޒުވާން މަސްވެރިޔާ އުރީދޫ ނެޓްވޯކް ޕްރޮމޯޓް ކުރާ ހާއްސަ ކެމްޕޭނެއް

އުރީދޫ ގްރޫޕްގެ ބްރޭންޑް އެމްބެސަޑަރު މެސީ އާއި އުރީދޫ މޯލްޑިވްސްގެ ބްރޭންޑް އެމްބެސަޑަރު، ޒުވާން މަސްވެރިޔާ ހިމަނައިގެން ކުންފުނީގެ ވަރުގަދަ ނެޓްވޯކް ދައްކުވައިދޭ ބައިނަލްއަގުވާމީ ކެމްޕޭނެއް ލޯންޗްކޮށްފި އެވެ.

މި ކެމްޕޭން ލޯންޗްކޮށްފައިވަނީ އިއްޔެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ހާއްސަ ވީޑިއޯއަކުންނެވެ. މި އަހަރު ކުރީކޮޅު ޝޫޓް ކޮށްފައިވާ މި ވީޑިއޯގެ ޝޮޓްތައް ނެގުމަށް އުރީދޫ ޓީމާއިއެކު ޒުވާން މަސްވެރިޔާވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކޮށްފަ އެވެ.

“އުރީދޫގެ އަމާޒާއި ތަސައްވުރާއި އެއްގޮތުގެ މަތިން، އުރީދޫ މޯލްޑިވްސްގެ ނެޓްވޯކް ވަރުގަދަކޮށް އެންމެ ފުރިހަމަ އިންޓަނެޓްގެ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކާ ބޮޑެތި އިންވެސްޓްމެންޓްކޮށް ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުން. އަޅުގަނޑުމެންގެ ޓީމުން މުޅި ރާއްޖޭގައި ގާއިމް ކޮށްފައިވާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްވޯކް، މެސީ އަދި ސާޖިންއާއި ގުޅިގެން ދައްކުވައިދީ ތަމްސީލުކޮށްދޭ މި ކެމްޕޭނާއެކު ކުރިއަށް އޮތްތަނުގައިވެސް ޓެލެކޮމިއުނިކޭޝަންގެ އިޖާދީ އާ އުފެއްދުންތަކާއި ދިވެހިން ގުޅުވާލަދީ، ނެޓްވޯކް އިތުރަށް ވަރުގަދަކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން. އަދި ހަމަ މި ފުރުސަތުގައި މެސީއަށް އަދި ސާޖިންއަށްވެސް، އަޅުގަނޑުމެންގެ މުޖުތަމައު ކުރިއެރުވުމަށް ހިންގާ ޕްރޮޖެކްޓްތަކުގައި ހިއްސާވެ ކޮށްދެއްވާ މަސައްކަތަށް ޝުކުރު އަދާކުރަން.” އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސް ފެށުނީއްސުރެ މިއަދާއި ހަމައަށް އައިއިރު މުޅި ރާއްޖޭގައި ވަނީ ވަރުގަދަ ނެޓްވޯކެއް ގާއިމްކޮށް، ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އާންމުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމާއި ފަސޭހަކަން ގެނެސްދީފަ އެވެ. އެގޮތުން، ދުނިޔޭގައި ފާހަގަކޮށްލެވޭ ތަފާތު ޓެކްނޮލޮޖީ އާއި ހިދުމަތްތައް ރާއްޖެއަށް ތައާރަފްކޮށް، މުޖުތަމައުގެ ތަރައްގީއަށް އާ ފުރުސަތުތައް ފަހިކޮށްދިނުމުގައި އުރީދޫ އިން ހަރަކާތްތެރިވެފައިވަނީ އެންމެ ކުރީ ސަފުގަ އެވެ.

މި އޮގަސްޓް މަހު ކުރީކޮޅު، ކުންފުނީގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރިއިރު، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް މެދުނުކެނޑި އިންވެސްޓްކޮށް، ނެޓްވޯކް ފުޅާކޮށް، ކުރިއަށްވުރެ އެތައް ގުނައެއް އިތުރު ކުރިއެރުންވަނީ ގެނެސްދީފަ އެވެ. މި ދާއިރާގައި އަބަދުވެސް އެންމެ ކުރީ ސަފުގައި ފާހަގަކުރެވޭ ކުންފުންޏަކަށް ވީ ހިނދު، އުރީދޫ އިން މިފަހުން ވަނީ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޕެކޭޖްތައް، ކުރިއަށްވުރެ އިތުރު ޑޭޓާ އެލަވަންސް އަދި އެތައް ގުނައެއް ހަލުވި ސްޕީޑް ހިމެނޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މިއަދު އަޅުގަނޑުމެން ދިރިއުޅެނީ ކުރިން ކަންކަން ކުރަމުން އައި ގޮތް، އިންޓަނެޓްގެ ސަބަބުން ބަދަލުވެފައިވާ ޑިޖިޓަލް ދުނިޔެއެއްގަ އެވެ. އާންމު ދިރިއުޅުމުގެ ބަޔަކަށްވެފައިވާ އިންޓަނެޓަކީ މިހާރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތައް ގުޅުވާލަދީ، މުޖުތަމައު ބިނާކޮށް، އިގްތިސާދީ ކުރިއެރުމާއި، އިޖްތިމާއީ ދުޅަހެޔޮކަން ގެނެސްދިނުމުގައި މުހިންމު ވަސީލަތެކެވެ.

ދުނިޔެއަށް އަންނަ ކުރިއެރުންތަކާއި ރާއްޖޭގެ ރައްޔިތުން ގުޅުވާލަދީ، ދިވެހި މުޖުތަމައުގެ އާންމު ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގައި އުރީދޫ އިން އަބަދުވެސް ހަރަކާތްތެރިވަނީ އެންމެ ކުރީސަފުގަ އެވެ. އާ ޑިޖިޓަލް ޒަމާނަކާއި ކުރިމަތިލާއިރު، ރާއްޖޭގެ ރައްޔިތުންނަށް ޑިޖިޓަލް ދުނިޔޭގެ އެންމެހާ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންމެ ރަނގަޅު ފެންވަރުގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ އިން ދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.