ބޭރުގެ ޓްރާންސްފަރ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުންދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލުގެނެސްފިއެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލާއެކު ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓު އަދި އެއް ފަރާތުން އަނެއް ފަރާތަށް “ވިސާ ޑައިރެކްޓް” އަދި “މާސްޓާކާޑް ސެންޑް” ފަދަ ޕްލެޓްފޯމުތަކުން ފޮނުވާ ފައިސާ ޖަމާ ކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓަށް ކަމަށެވެ.
ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމްތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިންގ އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓްތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ. މ
މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތްތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. ނަމަވެސް މިގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުންނެވެ.