ދިރާގުން ކޮންޓެކްޓްލެސް މާސް ސްކްރީނިންގ ސޮލިއުޝަން ތައާރަފުކޮށްފި

ދިރާގުން ޓެލެކޮމް މެލޭޝިއާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭ.އައި ބޭނުން ކޮށްގެން “ތާމަލް މާސް ސްކްރީނިން ސޮލިއުޝަން” ކަމަށްވާ “އަރލީ ވޯނިންގ، އެލާޓް އަދި ރެސްޕޮންސް” (އީވާރް) ރާއްޖޭގެ ވިޔަފާރި ތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފި އެވެ.

މި ސޮލިއުޝަން މެދުވެރިކޮށް އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާނުލާ މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިދޭއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ އިތުރު ސިއްހީ އަދި ސަލާމަތީ ކޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިއެވެ. އެހެންކަމުން، ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން އީ. ޑަބަލްޔޫ. އޭ. އާރް ގެ 2 ސޮލިއުޝަން ވަނީ ރާއްޖެއަށް ތައާރަފްކޮށްފައިއެވެ. އެއީ އީވާރް ކްރައުޑް އަދި އީވާރް ކޮމްޕެކްޓް އެވެ.

އީވާރް ކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ބޮޑީ ޓެމްޕަރޭޗަރ ނުވަތަ ގައިގެ ފިނިހޫނުމިން ބަލާލެވޭ އިރު އީވާރް ކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ބޮޑީ ޓެމްޕަރޭޗަރ ބަލާލެވޭނެއެވެ. އެހެން ކަމުން، އީވާރް ކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓަރ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން އިސްކުރެވޭނެއެވެ. 

މި ސޮލިއުޝަން މެދުވެރިކޮށް ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ އިތުރަށް ހުރި މީހަކު ބިލްޑިންގ އަށް ވަނުމާ އެކު، ސިސްޓަމް އަށް ވަގުތުން އެލާޓް ފޮނުވާލަދެއެވެ. އަދި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަންވެސް ފޮނުވައިދެއެވެ. މީގެ އިތުރުން، މި ޑޭޓާތައް 3 މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ރައްކާކުރެވިފައިވާނެއެވެ.

މި ދެ ސޮލިއުޝަންވެސް ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ވަނީ ދިރާގު ހެޑް އޮފީހުގައި ގާއިމުކޮށްފަ އެވެ.

“މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު ބިލްޑިންގ ގެ ދޮރު ކުރިމަތީގައި ޓެމްޕަރޭޗަރ ބަލަން ބެހެއްޓުމުގެ ބަދަލުގައި، ގައިދުރުކަން އިސްކޮށް ބިލްޑިންގ އަށް ވަންނަ މީހުންގެ ޓެމްޕަރޭޗަރ ބެލޭނެ ނިޒާމެއް ގާއިމު ކުރުމަށެވެ. މިފަދަ ސޮލިއުޝަނެއް ހުރުމުން، ބިލްޑިންގ އަށް ވަދެ ނުކުމެ އުޅޭ ކަސްޓަމަމުންނާއި މުވައްޒަފުންނަށްވެސް އަމިއްލަ ޓެމްޕަރޭޗަރ އަކީ ކޮބައިތޯ ބަލާލުމުގެ އިތުރުން، އިތުރު މީހަކާ ކޮންޓެކްޓް ވާން ނުޖެހުމުގެ ސަބަބުން ހިންހަމަ ޖެހުމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށް ބެލެވެއެވެ،” ދިރާގުން ބުންޏެވެ.

މި ކަމާ ގުޅޭ ގޮތުން ދިރާގު ޗީފް މާކެޓިންގ އޮފިސަރ މަހުމޫދް ދަސަރ ވިދާޅުވިގޮތުގައި އަޅުގަނޑުމެން އެންމެންވެސް މި މަސައްކަތްކުރަނީ އެއް އަޒުމެއްގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމަޢުގެ ސިއްހަތާއި ރައްކާތެރިކަން އިސްކުރުމަށެވެ. އެގޮތުން، މި ސޮލިއުޝަން ތައްޔާރުކޮށްފައިވަނީ ވެސް ތަރމަލް ސްކްރީނިންގ ނުވަތަ ފިނި ހޫނުމިން ބެލުމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށެވެ. އެހެން ކަމުން، ޓެކެލިކޮމް މެލޭޝިއަ އާ ގުޅިގެން މިފަދަ ސޮލިއުޝަނެއް ރާއްޖެއަށް ގެނެއުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމަށެވެ.

މިކަމާ ގުޅިގެން ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޝަރްލިން ތިއެގަރަޖަ ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ފުޅާކޮށް ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާއި ގުޅިގެން މި ސޮލިއުޝަން ރާއްޖޭގައި ތައާރަފުކުރުމަކީ ވަރަށް އުފާ ކުރާކަމެއް ކަމަށެވެ. އަދި ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން މި ހާއްސަ ސޮލިއުޝަން ފަރުމާކޮށްފައިވަނީ ނިއު ނޯމަލް ނުވަތަ އާ އާންމު ހާލަތުގައި ވިޔަފާރިތަކަށް ކަސްޓަމަރުންނާއި މުވައްޒަފުން އަދި އެހެނިހެން ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ކެނޑިނޭޅި ފޯރުކޮށްދިނުމަށެވެ. އަދި އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ބުންޏެވެ.  

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.