ބީއެމްއެލްގެ ޑިރެކްޓަރުން ބޯޑުގެ ޗެއާޕާސަންއަކަށް ސަނާ ހަމަޖައްސައިފި

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕާސަންގެ ގޮތުގައި ސަނާ މަންސޫރު، މއ. މަނަސް ހަމަޖައްސައިފިއެވެ.

ގައުމީ ބޭންކް ބީއެމްއެލުން ބުނީ، އެ ކުންފުނީގެ ބޯޑަށް އާ މެންބަރު ހޮވާފައިވާ ކަމަށާއި އޭގެތެރެއިން އެ ކުންފުނީގެ ޑިރެކްޓުންގެ ބޯޑުގެ ޗެއާޕާސަންގެ ގޮތުގައު ސަނާ މަންސޫރު ހަމަޖައްސަފައިވާ ކަމަށެވެ. އަދި އެ މަގާމް ކަނޑައެޅުނީ 2019 ވަނަ އަހަރުގެ އަހަރީ ޖަލްސާއަށް ފަހު ބޭއްވުނު ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް ބީއެމްއެލުން ބުނެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް ވަނީ 7 ޑިރެކްޓަރުން އައްޔަންކޮށްފައެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެއްވި 3 ޑިރެކްޓަރުން ވަނީ އައްޔަން ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވައި އަހަރީ އާންމު ޖަލްސާގައި ބޯޑަށް އައްޔަން ކުރެވުނު ޑިރެކްޓަރުންނަކީ:

  1. ސަނާ މަންސޫރު، މއ. މަނަސް، މާލެ
  2. މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)
  3. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، މާލެ
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، މާލެ
  5. ނަޖީމް އިބްރާހީމް ޒަކަރިއްޔާ، މ. ދާޝިން، މާލެ
  6. ހުސައިން ތައުފީގު އަލީ، މ. މުއިރި، މާލެ
  7. އަބްދުﷲ ހަސަން، ނަސީމާމަންޒިލް، ރ. އަލިފުށި

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރެއްވި 3 ޑިރެކްޓަރުންނަކީ:

  1. މުހައްމަދު އަބްދުއްސައްތާރު، މއ. ޓިއުލިޕްވިލާ، މާލެ
  2. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  3. އަހްމަދު މުޙައްމަދު، ގ. އުފާ، މާލެ

ބީއެމްއެލްގެ 2019 ވަނަ އހަަރު އަހަރީ އާންމު ޖަލްސާ މިއަހަރު ބާއްވަފާއި ވަނީ ވާޗުއަލްކޮށް މިއަދުއެވެ. މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 139 މިލިއަން ރުފިޔާ ބަހަން ފާސް ކޮށްފައިވާއިރު، ހިއްސާދާރުންނަށް ފައިދާ ބަހަން ނިންމާފައި ވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއިން ހުއްދަ ދީފި ނަމައެވެ.

މިދިޔަ އަހަރު ބީއެމްއެލަށް ފައިދާގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ، 961.74 މިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.