މި މަހުގެ ނިޔަލަށް އޯޑޮކް އެޕުން ހިލޭ ޑޮކްޓަރަށް ދެއްކޭނެ

ސްރީ ލަންކާގެ ޓެލެމެޑިސިން ޕްލެޓްފޯމް “އޯޑޮކް” މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން މި މަހުގެ ނިޔަލަށް ހިލޭ ޑޮކްޓަރަށް ދެއްކޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި އެވެ.

އުރީދޫން ބުނިގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ހިލޭ ޑޮކްޓަރަށް ދެއްކޭނީ ހަމައެކަނި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ކަމަށާއި ސްޕެޝަލިސްޓުންނަށް ދެއްކުމަށް ފީއެއް ނަގާނެ އެވެ.

އުރީދޫއިން ބުނީ އޯޑޮކް މެދުވެރިކޮށް ބޭނުން ތަނަކު ހުރެ، ކިއޫގައި މަޑުކުރުމަކާ ނުލައި ޑޮކްޓަރަށް ދައްކާލެވޭނެ ކަމަށެވެ.

ލަންކާގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ އޯޑޮކް އަކީ ބަލި މީހުންނާއި ޑޮކްޓަރުން ވީޑިއޯކޮށް އަދި އޯޑިއޯ ކޯލް މެދުވެރިކޮށް ގުޅުވައިދޭ އޮންލައިން ޕްލެޓްފޯމެކެވެ.

އޯޑޮކް ވާޗުއަލް ކްލިނިކް މެދުވެރިކޮށް، ލަންކާގެ 450 އަށް ވުރެ ގިނަ ޑޮކްޓަރުންގެ ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި އާންމު ބަލިތަކާ ބެހޭ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުންނާއި ހަމުގެ ޑޮކްޓަރުންނާއި އަންހެނުންގެ ޑޮކްޓަރުން އަދި ނަފްސާނީ ބަލީގެ ޑޮކްޓަރުން ވެސް ހިމެނެ އެވެ. ދިވެހި ޑޮކްޓަރުންނަށް ވެސް އޯޑޮކް ޕްލެޓްފޯމް މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު ކުރިމަގުގައި ހުޅުވައިލާނެ ކަމަށް އުރީދޫން ބުންޏެވެ.

އޯޑޮކް ޕްލެޓްފޯމް މެދުވެރިކޮށް، ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ސޮޔާއި ސްޓޭމްޕާ އެކު ބޭސް ސިޓީ ފޯނަށް ފޮނުވައިދޭނެ އެވެ.

އުރީދު އާއި އޯޑޮކްގެ ޕާޓްނާޝިޕްގެ ސަބަބުން ބައިނަލްއަގްވާމީ ފެންވަރުގެ ސިއްހީ ހިދުމަތްތަކާ، ދިވެހިން ގުޅުވައިދޭނެ ކަމުގެ ޔަގީންކަން އުރީދޫން ދެ އެވެ. އެގޮތުން، އޯޑޮކް މެދުވެރިކޮށް ޑޮކްޓަރަށް ދައްކާ އުރީދޫގެ ކަސްޓަމަރުން ބިލް ދެއްކުމަށް ކްރެޑިޓް ނުވަތަ ޑެބިޓް ކާޑު ބޭނުންކުރުމުގެ ބަދަލުގައި ރައްކާތެރިކަމާއެކު، ޕޯސްޓްޕެއިޑް ބިލުން ނުވަތަ ޕްރީޕެއިޑް ބެލެންސުން ފައިސާ ދެއްކޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.