އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް ފަށައިފި

އީ-ކޮމާސް ޕްލެޓްފޯމް މުލީ އިން ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުރެހުމުގެ މުބާރާތެއް ފަށައިފި އެވެ.

އުރީދޫން ބުނިގޮތުގައި “މޫލީ އާޓް ކޮންޓެސްޓު” ގެ ނަމުގައި މި މަހުގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ކުރެހުންތައް ހުށަހަޅަން ޖެހޭނީ ފޭސްބުކް ނުވަތަ ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް މެދުވެރިކޮށެވެ.

އުރީދޫން ބުނީ މި މުބާރާތުގައި މިހާރު ވެސް ގިނަ ކުދިންތަކެއް ބައިވެރިވެ، ކުރެހުންތައް ހުށަހަޅައިފައިވާ ކަމަށެވެ.

މި މުބާރާތުގައި މުބާރާތުގައި ބައިވެރިވާ ކުދިން ކުރަހަން ޖެހޭނީ އުރީދޫގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ “މޫލީ”ގެ ކުރެހުމެކެވެ. އެ އަށް ފަހު ފޮޓޯ ނަގައި #MyMoolee ބޭނުންކޮގެން ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައި ޕޯސްޓު ކުރަން ޖެހޭނެ އެވެ. މި ޕޯސްޓުތައް ކުރާނީ އެ ކުއްޖެއްގެ ބެލެނިވެރިޔާ އެވެ.

އުމުރުން 5-12 އަހަރާ ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ މި މުބާރާތުގެ ކުރެހުންތައް ހުށަހަޅަން ޖެހޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިންނެވެ.

މުބާރާތުން ސޯޝަލް މީޑިއާގައި ހިއްސާ ކުރާ ޕޯސްޓުތަކުގެ ތެރެއިން އެއްވަނަ އަށް ދާ ކުރެހުމަކަށް އެމެޒޯން ފަޔާ ސްޓިކް އާއި އާޓު ކިޓުގެ އިތުރުން ސަޕްރައިޒް ގިފްޓެއް ލިބޭނެ އެވެ. އަދި ދެވަނަ އަށް ސަން ބަމް ހެއާ ކެއާ ސެޓަކާއި ކުރަހާ ފޮތެއް އަދި ކުރަހާ ފަންސުރު ފޮއްޓެއް ލިބޭއިރު ތިންވަނަ އިނާމަކީ ސަން ކެއާ ސެޓަކާއި ކުރަހާ ފޮތައި ފަންސުރު ފޮއްޓެކެވެ.

އުރީދޫން ބުނީ މޫލީއަކީ ކަސްޓަމަރުންގެ ބޭނުންތައް ދެނެގަނެ، ކަސްޓަމަރުންނާއި ގާތް ގުޅުމެއް އުފައްދާ “ޕާސަނަލައިޒްޑް” ހިދުމަތްތަކެއް ދޭން އުފެއްދި ވިޔަފާރި ޕްލެޓްފޯމެއް ކަމަށެވެ.

މޫލީ މެދުވެރިކޮށް މިހާރު ވެސް ރާއްޖޭގެ މަޝްހޫރު 36 ކުންފުންޏެއްގެ އުފެއްދުންތައް ލިބެން ހުރެ އެވެ. ސާދަ ކެޓަގަރީއަކަށް ބަހާލައިފައިވާ މި ޕްލެޓްފޯމުން އިލެކްޓްރޯނިކް ސާމާނާއި ގޭތެރެ އާއި ބަދިގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ސްޓޭޝަނަރީ އާއި ގޭމާއި ކާބޯތަކެތީގެ ބާވަތްތައް ވެސް ލިބެން ހުރެ އެވެ. މޫލީ މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ހިސާބެއްގައި ތިބެގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.