އުރީދޫ ސުޕަނެޓްގެ ހިދުމަތް މަނަދޫ އަށް

 އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނ. މަނަދޫއަށް ތައާރަފުކޮށްފި އެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު ކަމަށްވާ 100 އެމްބީޕީއެސްއާ ހަމަ އަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގްތިސާދީ ކުރިއެރުމަށްވެސް ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތަކީ މިހާރު ކޮންމެހެން ބޭނުން ޙިދުމަތެއް ކަމަށެވެ.  އަދި އުރީދޫއިން އަބަދުވެސް މަސައްކަތްކުރަނީ ރާއްޖޭގެ ހުރިހާކަންކޮޅުތަކެއްގައި ތިއްބެވި ބޭފުޅުންނަށާއި ވިޔަފާރިވެރިންނަށް ހައި ސްޕީޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ކަމެއްކަމުގައި ދެކިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އެގޮތުގެ މަތިން 100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއި އެކު، އުރީދޫ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ނ. މަނަދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން.،” ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ ދާދި ފަހުން އުރީދޫ ސުޕަރނެޓް ޕެކޭޖްތަކައްވަނީ ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ. މިގޮތުން މަނަދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑްބޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫ ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެ ކުންފުނީގެ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.