ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް

އިއްޔެ އަކީ ރާއްޖޭގެ މުއާޞަލާތީ ސިނާއަތް ފަށައިދީ، ދިވެހި އިޤުތިޞާދަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ކުންފުނި، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ނުވަތަ ދިރާގަށް ގައުމީ ޚިދުމަތުގައި ފަޚުރުވެރި 32 އަހަރު ފުރުނު ދުވަހެވެ.

މި ޚާއްސަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ވަނީ ސޯޝަލް މީޑިއާގައި ވަނީ ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ކެމްޕއިނެއް ފަށާފައިއެވެ.

“މާރަނގަޅު” ނަމުގައި ފެށި މި ކެމްޕެއިނުގައި ފޭސްބުކް، އިންސްޓާގްރާމް އަދި ޓުވިޓާ ގައި “#MaaRangalhu” މި ހޭޝްޓެގް ޖެހުމަށްފަހު ދިރާގާއި އެކު ހޭދަވި އެންމެ އުފާވެރި ހިދުކޮޅުތަކުގެ ޕޮޓޯ ނުވަތަ ވީޑިއޯ ޝެއަރ ކޮށްލަން ވީއެވެ.

3 ނަސީބުވެރި ފަރާތްތައް ހޯދަން ހަމަ ޖެހިފައިވާ މި ކެމްޕެއިނުގައި ފުރަތަމަ ގުރުވަތުން ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗަރޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+، ދެވަނަ އަށް ހޮވޭ ފަރާތަކަށް އެޕަލް އެއަރ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފައިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ 14 އޮކްޓޯބަރ 2020 ގެ 23:59 ގެ ނިޔަލަށެވެ.

ދިރާގުން ރާއްޖޭގައި މި ދާއިރާއަށް ޚިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށް އިތުރު ހަލުވިކަމެއް ވަނީ ގެނެސްދީފައިއެވެ. އަމިއްލަ ފަރުދުންގެ މުއާޞަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދިވެހިރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދޭ މުއާޞަލާތީ ޚިދުމަތްތައް ވެގެންދިޔައެވެ.

މުއާޞަލާތީ ޚިދުމަތުގައި އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދިއެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ޚިދުމަތްތަކަށް ބަދަލު ގެނެސް، ޚިދުމަތްތައް ފަރުމާކުރަމުންނެވެ. އެގޮތުން ދިރާގުން ދާދި ފަހުން ވަނީ އެކުންފުނީގެ ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަށާއި ޕްރީޕެއިޑް ޚިދުމަތައް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ޚަރަދަކުން ގިނަ ފައިދާ ލިބޭގޮތަށް ޕެކޭޖްތަކަށްވަނީ ބަދަލު ގެނެސްފައިއެވެ.

ދިރާގުގެ ޚިދުމަތަށް އިއްޔެ 32 އަހަރު ފުރުނުއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިކަން ޔަގީނެވެ. “އެންރިޗިން ލައިވްސް” ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.