“ދިރާގުޕޭ” މެދުވެރިކޮށް މީރާ އަށް ފައިސާ ދެއްކޭނެ

ޓެކްސް ފިޔަވާ އެހެނިހެން ފައިސާ ބަލައިގަތުމަށް ހާއްސަކޮށްފައިވާ މީރާގެ އޮންލައިން ހިދުމަތް “ވާރުޕޭ”އިން ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު މީރާއާއި ދިރާގު ގުޅިގެން ހަމަޖައްސައިފި އެވެ.

މީރާގައި އިއްޔެ ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު އަދި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް އެވެ.

މީރާގެ ވާރުޕޭގެ ހިދުމަތްތަކަށް ދިރާގު ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން– ފޮޓޯ/ދިރާގު

އެ ހަފްލާގައި ވާހަކަ ދައްކަވަމުން މީރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ވިދާޅުވީ މި ދުވަސްވަރަކީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުން އިތުރުވެ، ގިނަ ފަރާތްތަކުން މިފަދަ ހިދުމަތްތައް ބޭނުންކުރަމުންދާ ދުވަސްވަރަކަށް ވުމާއެކު، އަލަށް ތައާރަފުކުރި ހިދުމަތުގެ ސަބަބުން އެ ފަރާތްތަކުން މީރާއިން ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ހިދުމަތް ފޯރުކޮށްދޭ އިތުރު ފަރާތްތަކާ ގުޅިގެން ގިނަ ހިދުމަތްތައް ތައާރަފުކުރަން މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

އެ ހަފްލާގައި ދިރާގުގެ ޗީފް ފައިނޭންޝަލް އޮފިސަރު ރޮބިން ވޯލް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން މީރާގެ ކަލެކްޝަން ސެންޓަރުތަކަށް ކަސްޓަމަރުން ދާން ނުޖެހި، ފަސޭހަކަމާއެކު ފައިސާދެއްކުމުގެ އިތުރު އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ.

ވާރުފޭ ހިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކް ޖޫރިމަނާ ފައިސާ، މުދަލު ޒަކާތް، އެއާޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް ދައްކާލެވޭނެ އެވެ. ވާރުޕޭގެ ހިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.