ބީއެމްއެލް ކާޑުތައް އަލުން ޕޭޕާލް އެކައުންޓްތަކާއި ލިންކް ކުރެވޭގޮތް ހަދައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތައް ބައެއް ޕޭޕާލް އެކައުންޓްތަކާއި ލިންކް ނުކުރެވޭގޮތް ހެދުމަށްފަހު އަލުން އެ ބެންކުން ހުރިހާ ޕޭޕާލް އެކައުންޓްތަކާއި ލިންކް ކުރެވޭގޮތް ހަދައިފިއެވެ.

ބީއެމްއެލްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން، ކަސްޓަމަރުންނަށް ނޭނގި ކާޑުގެ މުޢާމަލާތްތައް ގިނަ ވަމުންދާކަން ފާހަގަވެ، ބެންކުންވަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި، ބައެއް ޕޭޕާލްގެ މާރޗެންޓުން ބްލޮކުކޮށްފައެވެ. އަދި މި މާރޗެންޓުން ބްލޮކު ކުރުމާއި އެކު، ބައެއް ކަސްޓަމަރުންނަށް ބީއެމްއެލް ކާޑު ޕޭޕާލްއާއި ލިންކު ކުރުމުގައި ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ބީއެމްއެލް އިން ބުނީ، އެ ބޭންކުން މިހާރު ޕޭޕަލްގައި ހުރި ހުރިހާ މަރޗަންޓުން އަންބޮލޮކް ކޮށްފައިވާނެ ކަމަށެވެ.

ކުރިޔަށް އޮތްތާގައިވެސް މިފަދަ ސައްހަ ނޫން މުއާމަލާތައް ހިނގާތޯ ބަލާނެ ކަމަށް ބޭންކުން ބުންޏެވެ. އަދި އެފަދަ މުއާމަލާތެއް ހިނގާކަން ފާހަގަ ކުރެވިއްޖެ ނަމަ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭންކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އަދި މާޗަންޓުން ބްލޮކް ކުރަންޖެހޭ ހާލަތްތަކުގައި ބްލޮކް ކުރާނެކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.

ބީއެމްއެލް އިން އިތުރަށް ބުނީ، އެ ބޭންކުން ދޫކޮށްފައިވާ ކާޑުތަކަކީ، ވިޔަފާރީގެ މުއާމަލާތްތައް ސައްހަކުރުމަށާއި، ކަސްޓަމަރަށް ނޭނގި ކާޑުގެ ބޭނުން ކުރުން ހުއްޓުވުމާއި ކަސްޓަމަރުންނަށް ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދައިދިނުމަށް ތްރީޑީސެކުއާ އޮތެންޓިކޭޝަންގެ ރައްކާތެރިކަން ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ކާޑުތަކެއްކަން ކަމަށެވެ.

އަދި ކާޑާއި އެކައުންޓުން ގޮތް ނޭނގޭ ސައްހަ ނޫން މުއާމަލާތެއް ހިނގާފައިވޭތޯ ބެލުމަށްފަހު ޝައްކުކުރެވޭ މުއާމަލާތްތަކުގެ މައުލޫމާތު ބޭންކަށް ހުށަހެޅުމަށް އެ ބޭންކުން ވަނީ އެދިފައެވެ. އަދި މިގޮތަށް އެކައުންޓުން ހިނގާފައިވާ ސައްހަނޫން މުއާމަލާތެއް، މުއާމަލާތެއް ހިނގާފައިވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ބޭންކަށް ހުށަހަޅަވް ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.