އުރީދޫ ސުޕަނެޓް ހިދުމަތް ވިލިމާލެއަށް

އުރީދޫ ފިކްސްޑް ބްރޯޑް ބޭންޑުގެ ހިދުމަތް ކަމަށްވާ ސުޕަނެޓު ހިދުމަތް ވިލިމާލެއަށް ތައާރަފުކޮށްފި އެވެ.

މިއީ 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ލިބޭ ހިދުމަތެކެވެ. އަދި ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ހަލުވި ސްޕީޑުގެ އިންޓަނެޓް ޕެކޭޖްތައް ވެސް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެ ކުންފުނީގެ ތަސައްވުރާ އެއްގޮތަށް ޑިޖިތަލް ހިދުމަތްތައް މެދުވެރިކޮށް އާ ފުރުސަތުތައް ހޯދައި ދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މި ވަގުތަކީ އާއްމު ދިރިއުޅުމުގެ ކަންކަމާއި ވިޔަފާރިތަކުުން ދެމުން އަންނަ ހިދުމަތްތައް ޑިޖިޓަލްކުރަން ޖެހިފައިވާ ވަގުތެެއް ކަމަށް ވާތީ ހައި ސްޕީޑުގެ އިންޓަނެޓް ފޯރުކޮށްދިނުމުގައި އުރީދޫން މަސައްކަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އުރީދޫން ދެމުން އަންނަ މި ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

“100 އެމްބީޕީއެސްގެ ހަލުވި ސްޕީޑާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ވިލިމާލޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިތުރު ފުރިހަމަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެން ކުރަމުން އަންނަ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،” ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފަ އެވެ. މި ބަދަލާ އެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާ އެކު 68 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑު ވެސް ލިބެ އެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.