ތިމަރަފުށީގައި ބީއެމްއެލްގެ ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި

ތިމަރަފުށީގައި ބީއެލްއެމް އިން ހުޅުވި ސެލްފް ސާވިސް ސެންޓަރު

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުންނާއި މުޖުތަމައަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ތ. ތިމަރަފުށީގައި ސެލްފް ސާވިސް ސެންޓަރެއް ހުޅުވައިފި ޙިދުމަތް ދޭން އެވެ.

ބީއެމްއެލުން ބުނީ މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިވެރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމުގެ އިތުރުން ޓްރާންސްފާ ކުރުމުގެ ހިދުމަތް ފަސޭހަ ކަމާއެކު ލިބިގެންދާނެ ކަމަށެވެ. މި ސެންޓަރާއެކު ތ. އަތޮޅުގައި ބީއެމްއެލްގެ ތިން އޭޓީއެމް ވަނީ މިހާރު ގާއިމުކޮށްފަ އެވެ. މީގެ އިތުރުން ބޭންކުން އަންނަނީ ގުރައިދޫ އަދި ވޭމަންޑޫގައިވެސް އޭޓީއެމް އަދި ބްރާންޗްގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ގާއިމްކުރެވުނު މި ސެންޓަރގެ ސަބަބުން ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ހިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ އެވެ. އަދި ހަމައެހެންމެ ފައިސާގެ މުއާމަލާތްކުރުމަށް އެންމެ ކައިރި ބްރާންޗަށް ކުރާ ދަތުރުތަކަށް ނިމުމެއް އައިސް ބޭނުން ކޮންމެ ވަގުތަކު ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މިހާތަނަށް ބީއެމްއެލުން ވަނީ ރާއްޖޭގެ 20 އަތޮޅެއްގައި 38 ބްރާންޗާއި 61 ސެލްފްސާވިސް ސެންޓަރާއި 124 އޭޓީއެމް ގާއިމްކޮށްފަ އެވެ. އަދި އޭޓީއެމް ނުހުންނަ ރަށްތަކުގައި އެ ބޭންކުގެ 200 އަށްވުރެ ގިނަ ކޭޝް އޭޖެންޓުން ތިބެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.