ލޮބީން ފުޓްސަލް ފިއެސްޓާ ފޯރީގައި ކުރިއަށް!

ބ. އޭދަފުށީ އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ “ލޮބީން ވިމެންސް ފުޓްސަލް ފިއެސްޓާ،”  ރޭ އޭދަފުށީ ފުޓްސަލް ދަނޑުގައި ފަށައިފި އެވެ.

މުބާރާތް އިންތިޒާމުން ކުރާ އޭދަފުށީ އެވަރ ޗާންސް މުހައްމަދު ރަޝާދުގެ ބުނި ގޮތުގައި މުބާރާތުގެ މަގުސަދަކީ އޭދަފުށީ އަންހެން ކަނބަލުންގެ މެދުގައި އެކުވެރިކަށް އާލާކޮށް އެކުވެރިކަން ބަދަހިކުރުމެވެ. އަދި ކުޅިވަރުގެ ތެރެއިން ކަނބަލުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ހޭލުންތެރިކުރުވުމާއި އަންހެން ފުޓްސަލް ކުރިއެރުވުމަކީ ވެސް މުބާރާތުގެ ބޭނުމެއް ކަމަށް އޭނާ ބުނެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީމް ޔޫސުފް އަދި ފްރެންޑްސް ޓީމެވެ. މި މެޗް 4-1 އިން ކާމިޔާބު ކުރީ ފްރެންޑްސް ޓީމެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ފްރެންޑްސްގެ ފާތިމަތު ޒީނިޔާ އަށެވެ.

ދެ ވަނަ މެޗުގައި ބައްދަލުކުރީ ގަލްފް ގާލްސް އަދި ހަބޭސް ޓީމެވެ. މި މެޗް 7-1 ލަނޑުން ކާމިޔާބުކުރީ ގަލްފް ގާލްސް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގަލްފް ގާލްސްގެ އައިޝަތު ރަޝީދާ އެވެ.

މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ދަ ޝޫޓާސް ނުކުންނާނީ ފްރެންޑް އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޔޫސުފް ޓީމާ ދެކޮޅަށް ނުކުންނާނީ ގަލްފް ގާލްސް އެވެ.

ލޮބީންގެ ފަރާތުން މިދިޔަމަހު ފިރިހެން ޓީމުތަކަށް ހާއްސަކޮށްގނެ ވެސް ފުޓްސަލް މުބާރާތެއް ބާއްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.