![](https://www.eydhafushitimes.com/live/wp-content/uploads/2020/11/400kvagenset.jpg)
ބ.ހިތާދޫއަށް ދިމާވެފައިވާ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކަ ކޯޕަރޭޝަންގެ ޚަރަދުގައި 400 ކިލޯވޮޓުގެ ޖަނަރޭޓަރު ސެޓެއް ގެނެސްފިއެވެ.
![](https://www.eydhafushitimes.com/live/wp-content/uploads/2020/08/OMAd-300x280_MESSI2020.jpg)
ހިތާދޫ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރު އަޙްމަދުކަރަމް ވިދާޅުވީ، ފެނަކައިން ފޮނުވާފައިވާ ޖެންސެޓް ލިބިފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޖެންސެޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ. ކަރަންޓު މައްސަލައަށް އަލަށް އިންސްޓޯލް ކުރާ ޖެންސެޓްގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މުޅި ރާއްޖޭގެ ކަރަންޓް މައްސަލަ ހައްލު ކޮށްދެއްވާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.