“އެމްފައިސާ” މެދުވެރިކޮށް މީރާ އަށް ފައިސާ ދެއްކޭނެ

އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުރީދޫގެ ޑިޖިޓަލް ޕޭމަންޓް ޚިދުމަތާއި އެކު، ކަސްޓަމަރުންނަށް މީރާ އަށް ވަގުތުން ވަގުތަށް ފައިސާ ދައްކާ، އެންމެ ފަހުގެ އަޕްޑޭޓްތައް ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެ އެވެ. އާންމު ފަރުދުންނަށާއި ކުންފުނިތަކަށްވެސް، އެއްގަމު އުޅަނދުފަހަރާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި އަދި މުދަލު ޒަކާތް، ‘ވާރު ޕޭ’ ގައި ހިމެނިފައިވާ އެމް-ފައިސާ އޮޕްޝަން މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ އެވެ.

“އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަންކަމަށް ފަސޭހަކަމެއް ގެނެސްދޭ އާ ހިދުމަތްތައް ތައާރަފްކޮށް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ އިން އަބަދުވެސް މިދަނީ މަސައްކަތްކުރަމުން. އެމް-ފައިސާ އަކީ އެއް ފުރާޅެއްގެ ދަށުން ރާއްޖޭގެ އެންމެ ގިނަ އާންމު ޚިދުމަތްތަކަށް ފައިސާ ދެއްކުމުގެ ފަސޭހަކަން ފޯރުކޮށްދޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތް. އަޅުގަނޑުމެންގެ ޕާޓްނަރުންގެ ތެރޭގައި މީރާ ހިމެނިގެން ދިޔުމަކީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް. އަދި މިއާއި އެކު، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ފީ، ކުންފުނީގެ ފީ، ޖޫރިމަނާތަކާއި މުދަލު ޒަކާތް ދެއްކުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް ޔަގީންކުރަން،” އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވި އެވެ.

އެމް-ފައިސާ އަކީ، ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށާއި، ޓްރާންސްފަ ކުރުމަށް އަދި ވިޔަފާރިކުރުމުގައި ފައިސާ ދެއްކުމަށް ކޮންމެ ތަނަކު، ކޮންމެ ވަގުތެއްގައިވެސް ބޭނުންކުރެވޭ ޑިޖިޓަލް ޕޭމަންޓް ޚިދުމަތެކެވެ. މީގެ އިތުރުން، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިޔާނެޓް އަދި އުރީދޫގެ ޚިދުމަތްތަކުގެ އިތުރުން ތަފާތު އެކި ޚިދުމަތްތަކުގެ ބިލްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

މި އެޕް މެދުވެރިކޮށް، ބަރަކާތްތެރި ރަމަޟާން މަހު، ފިތުރު ޒަކާތް ފަސޭހަކަމާއި އެކު ދެއްކުމުގެ ފުރުސަތުވެސް ފޯރުކޮށްދެ އެވެ.
އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެމްއައިބީ އަދި އެސްބީއައިގެ ބޭންކް އެކައުންޓްތައް މެދުވެރިކޮށް، ޑިޖިޓަލް ވޮލެޓްތަކަށް ކޭޝްއިން ކުރެއްވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.