ބީއެމްއެލް އިން ރީޓެއިލާސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

Processed with VSCO with e2 preset

ކޮވިޑް-19 އާ ގުޅިގެން ވިޔާފާރިތަކަށް ދިމާވާ ދަތިތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް  (ބީއެމްއެލް) އިން ރީޓެއިލާސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މިއަދު މި ގެނުވުނު ބަދަލާއެކު ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުއާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިންގުނައާ ހަމަޔަށް ރީޓެއިލަރސް ލޯނު ދޫކުރެވޭނެއެވެ. މިގޮތުން ލޯނު އަދި އޯވަރޑްރާފްޓްގެ ގޮތުގައިވެސް ރީޓެއިލަރސް ލޯނު ދޫކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މި ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެކެވެ.

ލޯނުގެ ޝަރުތުތަކަށް މިއަދު ގެނެވުނު ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަންޖެހޭ އާމްދަނީ މިވަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކުރެވިފައެވެ. މި ބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ.

މި ލޯނަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހެއެވެ. މިއަދު ގެނެވުނު ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން މިވަނީ އެންމެ ބޮޑަށް ގެއްލުންވެގެން ދިޔަ މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ކަނޑައަޅާފައެވެ. މިގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30،000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގެއްލުންވަމުން ދާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ބޭންކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން، ރީޓެއިލާސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލާސް ފައިނޭންސިން އަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ބޭންކަށް ލިބޭ އުފަލެއް ކަމަށާއި މި ވަގުތު ބޭންކުގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.