ޖުމްހޫރީ ދުވަހާ ގުޅިގެން އުރީދޫ އިން ހާއްސަ އޮފާއެއް ތައާރަފްކޮށްފި އެވެ.
މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް ޖުމްހޫރީ ދުވަހާ ގުޅިގެން ލިބުނު ދެދުވަހުގެ ބަންދާއި އެއާ ޖެހިގެން އަންނަ ހަފްތާ ބަންދާ ދިމާކޮށް އެއް ޖީބީ ޑޭޓާ 35ރ. އަށް ލިބޭނެ އެވެ.
މި އޮފާގެ ދަށުން އެއްވެސް ހަރަދަކާ ނުލައި ބޭނުން ވަރަަކަށް އުރީދޫ ނަންބަރުތަަކަށްވެސް ގުޅޭނެއެވެ.
މި އޮފާއަށް އެދުމަށް އުރީދޫގެ އެޕްއިން އެކްޓިވޭޓް ކުރެވޭނެެއެވެ. ނުވަތަ #1*929* އަށް ޑެއިލް ކުރުމުން އެ އޮފާގެ ހިދުމަތް އެކްޓިވޭޓް ކުރެވޭނެއެވެ.