އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު މިރޭ ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ ހިމަނާފައިވެއެވެ. ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.
ނޮވެމްބަރު 13 ވަނަ ދުވަހުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ، ޕްރީއޯޑަރ ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރައްވާށެވެ.