ނައުއެމްވީ އެޕުން މިހާރު ފަސޭހަކަމާއެކު ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ

ދިރާގުން މިއަރު އަލަށް ތަޢާރަފުކުރި ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަން ކަމަށްވާ “ނައުއެމްވީ” މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު އެން.ޖީ.އޯ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

މި ޚާއްސަ ފީޗަރ މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އެގޮތުން މިހާރު ނައު އެމްވީ އެޕްގައި 4 އެން.ޖީ.އޯ އެއް ވަނީ ލިސްޓް ކުރެވިފައިއެވެ. އަދި މީގެން ކޮންމެ އެން.ޖީ.އޯ އަކުންވެސް ވަނީ ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިއެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗަރ އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގު މެނޭޖަރ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

“ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެން.ޖީ.އޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ. ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެން.ޖީ.އޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް. މީގެ އިތުރުން، އެން.ޖީ.އޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެން.ޖީ.އޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް،” އޭނާ ވިދާޅުވި އެވެ.

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗަރސްތައް އެކުލެވިގެންވާ އެޕްލިކޭޝަނެކެވެ.

ނަމާދު ގަޑިތަކާއި، މީރު ކާއެއްޗެހީގެ ރެސިޕީތަކާއި، ދިރިއުޅުމުގެ އެކި ކަންކަމާބެހޭ ހަބަރުތަކާއި، މުހިންމު ކަންތައްތަކަށް ރިމައިންޑަރ ސެޓް ކުރުން ފަދަ ކަންތައްތަކަކީ ފޯނުން ނުވަތަ ޑިޖިޓަލް ޑިވައިސްތަކުގައި ހުންނަ ތަފާތު އެޕްލިކޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކު ކޮށް އުޅޭ ކަންތަކެވެ. މި ދުވަސްވަރަކީ ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް  ދިރިއުޅުމުގެ ގިނަ ކަންތައް ކުރަން ޖެހިފައިވާ ދުވަސްވަރަކަށް ވީ ހިނދު، ދިރާގު “ނައުއެމްވީ” އެޕް މެދުވެރުކޮށް އެއް އެޕްލިކޭޝަނުން އަނެއް އެޕްލިކޭޝަނަށް ދާން ނުޖެހި، އެއް ތަނަކުން ފަސޭހަކަމާއެކު، މި ހުރިހާ ކަމެއް ކުރެވޭނެ ފަދަ ނިޒާމެއް ފޯރުކޮށްދިނުމަށެވެ.

 ދިރާގު ނައުއެމްވީ އެޕް ޑައުންލޯޑް ކޮށްލުމަށް https://bit.ly/2yA5Jb3

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.