ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 16 ދަރިވަރަކަށް ސްކޯލަޝިޕް ދީފި

BAEC

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ސާނަވީ ގްރޭޑް ތަކުގައި ތައުލީމު ހާސިލުކުރަމުންދާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ގްރޭޑް 11 ގެ ދެވަނަ ސިމެސްޓާގައި އެންމެ ރަނގަޅު ނަތީޖާ ހޯދައި ސްކޯލަޝިޕް ހާސިލުކުރި ކުދިންނަށާއި ގްރޭޑް 12 ގެ ހަތަރު ވަނަ ސިމެސްޓާގައި ސްކޯލަޝިފް ހާސިލުކުރި ކުދިންނަށް ސްކޯލަޝިޕް ހަވާލުކޮށްފި އެވެ.

މިކަމަށްޓަކައި އިއްޔެ ހެނދުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ސްކޯލަޝިޕްތަކުގެ ލިޔުން ދަރިވަރުންނަށް ހަވާލުކޮށްދެއްވީ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިރެކްޓަރު އަހްމަދު ވަހީދެވެ.

އެ ރަސްމިއްޔާތުގައި މިހާރު މަތީ ސާނަވީގައި ކިޔަވަމުންދާ އެންމެ ރަނގަޅު ނަތީޖާ ހާސިލުކޮށްފައިވާ ޖުމްލަ 16 ކުއްޖަކަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ސްކޯލަޝިޕް ހަވާލުކޮށްފައެވެ. މި 16 ސްކޯލަޝިޕްގެ ގޮތުގައި ކޮންމެ މަހަކު ޖުމްލަ 8،000 ރުފިޔާ ކުދިންނާ ހަވާލުކުރަމުންގެންދާނެ ކަމަށް އެ މަރުކަޒުން ބުންޏެވެ.

އެ މަރުކަޒުން ބުނިގޮތުގައި މި ސްކޯލަޝިޕް ތަކަކީ އޭދަފުށީގެ ހެޔޮއެދޭ އެކިއެކި ފަރާތްތަކާއި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ އެހީގައި އެ މަރުކަޒުގެ ކުރިއެރުމުގައި ހާއްސަކޮށް ރަށުންބޭރު ދަރިވަރުންވާ ހިއްސާ ފާހަގަކޮށް، އެކުދިންގެ ތެރެއިން މޮޅު ކުއްޖެއްގެ ތައުލީމުގައި އެ މަރުކަޒުންވާ ހިއްސާ އިތުރު ކުރުމުގެ މަގުސަދުގައި 2004 ވަނަ އަހަރުން ފެށިގެން އެ ސްކޫލުން ދެމުންގެންދާ ސްކޯލަޝިޕް ތަކެކެވެ.

އޭލެވެލްއަށް ކިޔަވައިދޭ ސްކޫލުތަކުގެ ތެރެއިން ބ. އަތޮޅު ތައުލީމީ މަރުކަޒަކީ މިވަގުތު ރާއްޖޭގައި އެންމެގިނަ ސްކޯލަޝިޕް އެވޯޑް ކުރާ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.