އުރީދޫ އާއި އެމްއައިބީ ގުޅިގެން އިންސްޓޯލްމެންޓަށް މޯބައިލް ފޯނު އަދި އެކްސެސަރީ ލިބޭ ގޮތަށް ހަމަޖައްސައިފި

އުރީދޫ އާއި އެމްއައިބީ ގުޅިގެން އިންސްޓޯލްމެންޓަށް މޯބައިލް ފޯނު އަދި އެކްސެސަރީ ލިބޭ ގޮތަށް ހަމަޖައްސައިފި

އުރީދޫ މޯލްޑިވްސް އިން ލިބެންހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން (ޔޫޑޭ) ފައިނޭންސިނގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ބައްލަވައިގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

މި ޕަރޓްނާޝިޕްގެ ދަށުން އެމްއައިބީ ޔޫޑީ ފެސިލިޓީ ގެންގުޅުއްވާ ކޮންމެ ބޭފުޅަކަށްވެސް އުރީދޫ މޯލްޑިވްސްއިން ލިބެންހުރި ކޮންމެ ޑިވައިސްއެއްވެސް އިންސްޓޯލްމެންޓްއަށް ބައްލަވައިގަނެވޭނެއެވެ.

“އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ޚިދުމަތްތަކާއިއެކު އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުން. އެހެންކަމުން، މި ޕަރޓްނަރޝިޕްގެ ދަށުން އަޅުގަނޑުމެން މާރކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭންއެއްގެ ދަށުން ބައްލަވައިގަތުމުގެ ފުރުސަތު ހުޅުވާލެވޭކަމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާރޝަލް އޮފިސަރ، ހުސެއިން ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދެއެވެ.ޑިވައިސްތައް ބައްލަވައިގަންނަވާ އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފަރތަކުގެ ދަށުން ލިބިވަޑައިގަންނަވާ ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ބައްލަވައިގަންނަވާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ. ހަމައެހެންމެ، އެހެނިހެން ނެޓްވާރކްތަކުގެ ކަސްޓަމަރުންނަށްވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންފުޅުވާ ޑިވައިސްއެއް ހެޔޮ އަގުގައި ބައްލަވައިގަތުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އެމްއައިބީން ބުނިގޮތުގައި އިންސްޓޯލްމެންޓް ޕްލޭން ކަނޑައެޅިގެންދާނީ ކޮންމެ ކަސްޓަމަރެއްގެ އެވޭލަބަލް ލިމިޓްއަށް އެކަށޭނަ ގޮތަށް އެމްއައިބީ އިން އެޕްރޫވް ކުރެވިގެންނެވެ. މާލެ އަދި ހުޅުމާލެ އުރީދޫ ޝޮޕަށް ވަޑައިގެން ބޭނުންފުޅުވާ ފޯން، އެކްސެސަރީ އަދި ޑިވައިސް މިހާރު އެމްއައިބީ  ޔޫޑީ ފެސިލިޓީ މެދުވެރިކޮށް މިހާރު ބައްލަވައިގަނެވޭނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.