އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓްގެ އެވޯޑް ވައްކަރަށް

އިންޑިއާ ކަނޑުގެ ލީޑިން ރިސޯޓުގެ އެވޯޑު ބ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ވައްކަރު މޯލްޑިވްސްއަށް ލިބިއްޖެ އެވެ.

މިއަހަރު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގައި އެކި ކެޓަގަރީތަކުން ހަތަރު އެވޯޑެއް އެ ރިސޯޓަށް ވަނީ ލިބިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ހިތްގައިމު ހަނީމޫން މަންޒިލުގެ އެވޯޑު ވެސް ލިބުނީ ވައްކަރަށެވެ.

ވައްކަރު މޯލްޑިވްސް އަށް ލިބުނު އެވޯޑުތައް

– އިންޑިއަން އޯޝަން ލީޑިން ރިސޯޓް 2020

– ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް 2020

– މޯލްޑިވްސް ލީޑިން ސުއިޓްވިލާސް 2020

– އިންޑިއަން އޯޝަން ހޮޓެލް ސުއިޓްވިލާސް 2020

އެ ރިސޯޓުން ބުނި ގޮތުގައި ރަޝިއާގައި އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑުގެ ހަފުލާގައި އެ ރިސޯޓަށް ގިނަ އެވޯޑު ތަކެއް ލިބުމަކީ ބޮޑު ޝަރަފެކެވެ. އަދި މި އެވޯޑްތައް ދިފާއުކުރުމަށް ކުރިއަށް އޮތް ތަނުގައި ވެސް ހިދުމަތްތައް ރަނގަޅުކޮށް މަސައްކަތް ކުރާނެ ކަމަށް އެ ރިސޯޓުން ބުންޏެވެ.

މި އެވޯޑުތަކުގެ އިތުރަށް، ރާއްޖެ އިން ވަނީ ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބު ކޮށްފަ އެވެ. އެއީ ލީޑިން ބީޗް ޑެސްޓިނޭޝަނާއި ކްރޫޒް ޑެސްޓިނޭޝަން އާއި ލީޑިން ޑެސްޓިނޭޝަން އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ. އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ދިވެހިރާއްޖެ އަށް ކާމިޔާބުވި މިއީ 13 ވަނަ ފަހަރެވެ. މި އެވޯޑް ދެމުން އަންނަތާ 16 އަހަރު ވެއްޖެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.