މީޑިއާނެޓުގެ އޭދަފުށީގެ ހުރިހާ ކަސްޓަމުންނަށް ހުޅުވާލައިގެން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިމަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި، މީޑިއާނެޓްގެ ކޮންމެ ޕެކޭޖަކަށް ވެސް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ އެވެ.
މަހުފީ ދައްކަވައިގެން ފައިސާގެ އަގުހުރި އިނާމުތަކެއް ލިބޭ މި ޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން އެއްވަނައަށް ދާ މީހަކަށް އިނާމަށް 3،000ރ. ، ދެ ވަނަ އަށް ދާމީހަކަށް 2،000ރ. އަދި ތިންވަނަ އަށް ދާ މީހަކަށް 1،000ރ. ލިބޭނެ އެވެ.
މީޑިއާނެޓުން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ އެއްވަނަ އިނާމު ހާއްސަކޮށްފައިވަނީ ވޯންޓް އިޓްއޯލް ކަސްޓަމަރުންނަށެވެ. ދެވަނަ އަދި ތިންވަނަ އިނާމު ޚާއްސަކޮށްފައި ވަނީ ހުރިހާ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށެވެ.
މީޑިއާނެޓުން ބުނީ މި ޕްރޮމޯޝަންގެ ގުރުނެގުން ލައިވްކޮށް އަންނަ ޖެނުއަރީމަހުގެ އަށްވަނަ ދުވަހުގެރޭ 9:30 ގައި އައިސް ޓީވީން ފޮނުވާ ވަޓްސް އޮން ޓީވީ ޝޯ މެދުވެރިކޮށް އޮންނާނެ ކަމަށެވެ.