އުރީދޫގެ އާޗާ ޑެއިލީ 1ޖީބީ ޕްލޭންތަކާއި އެކު، 30 ޖީބީ 500 ރުފިޔާއަށް

އުރީދޫ އާޗާ ޕްރިޕެއިޑްގެ މުޅިން އާ ޕްލޭންތައް، އާޗާ ޑެއިލީ 1ޖީބީ ޕްލޭން އުރީދޫއިން މިއަދު ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ އާ ޕްލޭންތައް މެދުވެރިކޮށް މުޅި ހަފްތާއަށް ނުވަތަ މުޅި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 1ޖީބީ ޑޭޓާ އާއި އެކު އަންލިމިޓަޑް އުރީދޫ ކޯލްސް ލިބެމުންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ތަފާތު ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް އެކަށޭނަ ގޮތަށް ޕްރޮޑަކްޓްތައް ފަރުމާކޮށް އިތުރު ފުރިހަމަކަމާއެކު ގިނަ ފައިދާތަކެއް ލިބިދޭގޮތަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

“އެގޮތުން ޑޭޓާ ބޭނުންކުރާވަރު އިތުރުވެފައިވާ އޮތް މިދަނޑިވަޅުގައި މިއަދު މި ލޯންޗްކުރެވުނު ޕްލޭންސްއަކީ ހެޔޮ އަގުގައި އެއްފަހަރު ރިޗާޖްކޮށްލައްވައިގެން ކޮންމެ ދުވަހަކުވެސް ޑޭޓާ އައުވެގެންދާ ޕެކްތަކެއް. ކޮންމެ ދުވަހެއްވެސް ފެށިގެންދާނީ އެދުވަހުގެ ކަންކަމަށް ބޭނުންކުރާނެ އައު ޑޭޓާއާއި އެކު،” ނިޔާޒް ވިދާޅުވި އެވެ.

އެ ޕްލޭންގައި ހިމެނޭ އާޗާ ވީކްލީ ޕެކްގެ އަގަކީ 150 ރުފިޔާ އެވެ. ދުވާލަކު އެއް ޖީބީ ޑޭޓާ ލިބޭ އެ ޕެކް ބޭނުންކުރެވޭނީ ހަތް ދުވަހު އެވެ. އަދި އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭނެ އެވެ.

އާޗާ މަންތްލީ ޕެކްގެ އަގަކީ 500 ރުފިޔާ އެވެ. އެ ޕެކުން ދުވާލަކަށް އެއް ޖީބީ ހިމެނޭގޮތުން، 30 ޖީބީ ޑޭޓާ އާއެކު އުރީދޫ ނަމްބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭނެ އެވެ.

އުރީދޫ އެޕް މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވެސް އާޗާ ޕްރިޕެއިޑް ޕްލޭންސް އެކްޓިވޭޓް ކުރެވޭނެ އެވެ.

އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކުރުމަށް ކީވޯޑް “UD150” (އާޗާ ވީކްލީ ޕެކް)، “UD500” (އާޗާ މަންތްލީ ޕެކް) ޖެހުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އަދި 1#*929* އަށް ޑައަލް ކޮށްގެންވެސް އެކްޓިވޭޓް ކުރެވޭނެ އެވެ.

އާ ކަސްޓަމަރުން އާޗާ ޕްރިޕެއިޑް ނެގުމަށް އުރީދޫ ޝޮޕް ނުވަތަ އުރީދޫ ޕާރޓްނާ ޝޮޕެއް މެދުވެރިކޮށް ސްޓޭންޑާޑް ޕްރިޕެއިޑް ޕްލޭނެއް ނެގުމަށްފަހު އުރީދޫ އެޕް، އެސްއެމްއެސް ނުވަތަ 1#*929* އަށް ޑައަލް ކޮށްގެން އެ ޕްލޭންތައް އެކްޓިވޭޓް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.