ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބީއެމްއެލް އިން ހުޅުވާލައިފި

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް  (ބީއެމްއެލް) އިން ތައާރަފްކޮށްފައިވާ އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ %6 ގެ ކުޑަ އިންޓަރެސްޓް ރޭޓެއްގައެވެ. އަދި ލޯނު އަނބުރާދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްވެސް ލިބިގެންދާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ކުރިން ވިދާޅުވި ގޮތުގައި މި ލޯނުގެ ސަބަބުން ކޮވިޑް-19އާ ގުޅިގެން ގެއްލުން ލިބުނު ވިޔަފާރިތަކަށް އެ ގެއްލުމުން އަރައިގަތުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.  

ލޯނަށް އެދި ހުށަހަޅަން ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އިތުރު ލިޔުންތައް ފޮނުވާނީ  [email protected]އަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/eib-covid-relief-loan-scheme ލިނޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.